އިދިކޮޅު ފަރާތްތައް

އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

އިއްޔެ ކުރި މުޒާހަރާގައި ފުލުހުންގެ ސަފުތައް އެކުގައި ކުރިޔަށް ޖެހޭއިރު އެ މީހުންގެ ތެރެއަށް ނޫސްވެރިޔަކު ވެއްޓިފައި: ބައެއް މީހުނަށް މުޒާހަރާގެ ތެރެއިން އަނިޔާވި -- ފޮޓޯ: ވަން އޮންލައިން
100%
0%
0%

ސިޔާސީ އިދިކޮޅު ފަރާތްތަކުން ރޭ މާލޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކޮށް ބޭއްވި އެއްވުންތަކުގެ ތެރެއިން ހައްޔަރުކުރި 11 މީހުން ދޫކޮށްލައިފި އެވެ.

"އިންސާފު ކޮބާ" ގެ ނަމުގައި އިއްޔެ މުޒާހަރާ ކުރަން ފެށީ ހަވީރު އެވެ. މާލެ އާއި ރަށްރަށުގައި ވެސް މުޒާހަރާ ކުރި އެވެ. ހަވީރު ބޭއްވި މުޒަހާރާ ރޫޅައިލަން ފުލުހުން ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖަހާ ބައެއް މީހުން ހައްޔަރު ކުރި އެވެ. އިއްޔެ އާއި ރޭގެ މުޒާހަރާގައި ބައެއް މީހުންނަށް އަނިޔާ ލިބުނު އިރު އެކަކު ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައި ވެއެވެ

ޕްރޮގްރެސިވް ކޯލިޝަނުގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި އިދިކޮޅު ދެ ޕާޓީގެ ކައުންސިލްގެ މެންބަރުން ވެސް ހިމެނެ އެވެ.

ފުލުހުން މިއަދު ބުނީ އިދިކޮޅު މުޒާހަރާތަކުން ހައްޔަރު ކުރި މީހުން ދޫކޮށްލާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

.އިދިކޮޅުން ސިޔާސީ ހަރަކާތްތައް ފުޅާކޮށް މަގުމަތީގެ އެއްވުނުންތަކާއި މުޒާހަރާތައް ފަށާފައިވާއިރު ކޮވިޑްގެ ހަލާތު ގޯސްވަމުން ދާތީ އެޗްޕީއޭ އިން ވަނީ އެއްވުންތައް ބޭއްވުން މަނާ ކޮށްފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނަސްރާ

ވާއަތުގަ ހުރި ސޮރުގެ އިހްސާސްތައް ހުންނާނެ ގޮތް ހިތައް އެރިޔަސް ދެރަވޭ..އެފަކީރު އަންހެނުން ކިހާ ރުޅިގަދަވާނެ..އެބަލަނީ ދެލޯވީދައިގެން ދާވަރައް ވެއްޓިފަ އޮތް ދައިތަ އައް ވިއްޔާ

ދުރު

އަޅޭ...ދޫކޮއްލީތަ..އެކުދިން އެއި ހިކޭހިތުން ޔާމީނާ އަދީބުގެ ކަސްރަތު ސެޝަންތަކުގަ ބައިވެރިވާން ދިޔަބައެކޭ..ހާދަ ދެރައޭ

ހިލްމީ

ހުރިހާ ފިރިހެނުން ވެގެން އެންމެ އަންހެނަކާއޭ ތި ބައްދަނީ

އައްސަދު

މާލޭ މަގުތައް ސާފުކުރަން ހަވާލު ކުރޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345