ވިޔަފާރި

އެމްޓީސީސީން މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާއެއް ހޯދައިފި

Jan 10, 2015
1
0%
0%
0%

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީ އިން މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާއެއް ހޯދައިފި އެވެ.

އެމްޓީސީސީގެ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ވަނީ މިދިޔަ އަހަރު އެ ކުންފުނިން 80 މިލިއަން ރުފިޔާގެ ފައިދާއެއް ހޯދާފައިވާ ކަމަށާއި އެއީ އެ ކުންފުނީގެ 34 އަހަރުވީ ތާރީޚުގައި ވެސް ހޯދިފައިނުވާ ވަރުގެ ކާމިޔާބީއެއް ކަމަށެވެ. އަދި އެކަމަށް އެ ކުންފުނީގެ މުވައްޒަފުން ކުރި މަސައްކަތަށް އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ޝުކުރު އަދާކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ކުންފުނިން މިދިޔަ އަހަރުގެ ފަހު ކުއާޓާގައި 38 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފައިދާގެ ގޮތުގައި ހޯދާފައިވާއިރު ދެވަނަ ކުއާޓގައި ފައިދާގެ ގޮތުގައި 35 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ.

އެ ކުންފުންޏަކީ ދަތުރުފަތުރާއި ބިން ހިއްކުމާއި ފަޅު ފުންކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމުގެ އިތުރުން ކަނޑު އުޅަނދު ފަހަރަށް ބޭނުންވާ ސާމާނުތައް ރާއްޖެ ގެނެސް އެ ތަކެތީގެ ވިޔަފާރިކުރާ ކުންފުންޏެކެވެ. ފަހަކަށް އައިސް ސަރުކާރުން ހަވާލުކުރާ ގިނަ މަޝްރޫއުތައް ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރަމީޒު

ބީއެމްއެލް، އެމްޓީސީސީ، އެސްޓީއޯ ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފައިދާވާލެއް ބޮޑުކަމުގެ ވާހަކަ ދައްކަން ލަދުނުގަންނަނީބާއެވެ؟ ރައްޔިތުންގެ ފައިސާ ކައިގެން ހިދުމަތް ރަނގަޅުނުކޮށް ބޮޑުލާރި ޖެހީމައި ވަރަށް ހަޑިއެވެ. ބަލަން ހުންނަމީހުނަށް އައިބު ކަމެކެވެ. އަޖައިބެކެވެ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345