ކުޅިވަރު

ކީޕަރު އިމްރާން ފަރިތަކުރުންތަކަށް ނުކުމެއްޖެ

ގައުމީ ޓީމަށް ކުޅެނިކޮށް އަނިޔާވި މާޒިޔާގެ ކީޕަރު އިމްރާނު މުހައްމަދު ފަރިތަކުރުންތަކަށް ނުކުމެއްޖެ އެވެ.

ފިޒިކަލް ޓްރޭނަރު ހުސެއިން ޒިނާނާއެކު އޭނާ އިއްޔެ ފަރިތަކުރުންތަކަށް ނުކުތުމަށްފަހު ގައުމީ ކީޕަރު އިމްރާނު ބުނީ އޭނާ ވަރަށް އުފާވެއްޖެކަމަށާއި އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައުމަށް ވަރަށް މަސައްކަތްކުރާނެ ކަމަށެވެ.

އަދި މިކަމުގައި އޭނާގެ ޒިނާން ވެދެއްވަމުން އަންނަ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ. މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު އިމްރާނުގެ ކަނާތު ކަކުލުހުޅުގެ ޕީސީއެލް އިރައިގެންދިޔައީ ވޯލްޑް ކަޕް ކޮލިފައިންގައި ހޮންކޮން އަތުން ރާއްޖެ 2-0އިން ބަލިވި މެޗުގަ އެވެ. އިމްރާނުގެ އުއްމީދަކީ އަންނަ ޑިސެމަބަރު މަހު އިންޑިޔާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް މުޅިން ފިޓްވުމެވެ.

އޭނާގެ ފިޒިކަލް ޓްރޭނަރު ޒިނާން އިއްޔެ ބުނީ ކުޅުންތެރިޔާ އަލުން ކުޅުމުގެ ތެރެއަށް ގެނައުމަށް ކުލަބުތަކުން އެހީތެރިވެދޭންޖެހޭ ކަމަށާއި އެއެހީތެރިމަން ނިމެންޖެހޭނީ ކުޅުންތެރިޔާ އަލުން މެޗަށް ނުކުތުމުން ކަމަށެވެ. 2007
ވަނަ އަހަރު އިމްރާނު ވެސް އިމްރާނަށް ލިބުނު އަނިޔާ އަށް ވެސް ފަރުވާކުރީ ޒިނާނެވެ. އޭނާ އަށް އަނިޔާވުމުން މާޒިޔާއިން ގެނެސްފައިވަނީ ކިރިގިސްތާނުގެ ގައުމީ ކީޕަރު ޕަވެލެއެވެ.