ވިޔަފާރި

ދިރާގުން ޑިޖިޓަލް ހެލްތު ކެެއާއާ ގުޅޭ ވެބިނާއެއް

Sep 14, 2020
1

ރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެކޮމް ކުންފުނި ކަމަށްވާ ދިރާގުން ސިއްހީ ދާއިރާގެ މީހުންނަށް ހާއްސަކޮށްގެން ޑިޖިޓަލް ހެލްތް ކެއާއާ ގުޅޭ ވެބިނާއެއް ބާއްވައިފި އެވެ.

"ޕެރެޑައިމް ޝިފްޓް އިން ޑިޖިޓަލް ހެލްތު ކެއާ" ގެ ނަމުގައި ބޭއްވި މި ވެބިނާގައި ހެލްތު މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގެ އިތުރުން ސިއްހީ ދާއިރާގެ ބޭފުޅުން ބައިވެރިވެފައިވެ އެވެ.

ދިރާގު "އެއްވުން" ޕްލެޓްފޯމު މެދުވެރިކޮށް ކުރިއަށް ގެންދިޔަ މި ވެބިނާގައި އެންމެ އިސްކޮށް ބައިވެ ކީނޯޓް ސްޕީކް ދެއްވާފައިވަނީ ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޯގެ ސްމާޓް ހެލްތު ލީޑާޝިޕް ސެންޓަރުގެ ޗީފް ޑރ. އެޑަމްޗީ އެވެ. އޭނާއަކީ މި ދާއިރާގެ މާހިރެކެވެ.

މި ވެބިނާގައި ބައިވެރިވި ބޭފުޅުންގެ ތެރޭގައި އެތެރެ ހަށީގެ ބަލިތަކަށް ފަރުވާ ދިނުމުގައި 38 އަހަރުގެ ތަޖުރިބާ ލިބިފައިވާ ރާއްޖޭގެ މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ ޑރ. އަބްދުލް އަޒީޒު ޔޫސުފް ބައިވެރި، ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލި އެވެ.

މި ވެބިނާގެ ތެރޭގައި ދިރާގުން ވަނީ "މަގޭ މެމޯ" ގެ ނަމުގައި ހެލްތް ކެއާ އެޕްލިކޭޝަން އެއް ނެރެފަ އެވެ. މި އެޕްލިކޭޝަނުން އެކި ކްލިނިކްތަކުގެ ޑޮކްޓަރުންނަށް ފަސޭހަކަމާ އެކު އެޕޮއިންޓްމަންޓް ހެއްދެ އެވެ.