ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑްޖެހޭ ކޮންމެ 7 މީހަކުން އެކަކީ ސިއްހީ ހިދުމަތްތެރިއެއް

ކޮވިޑް-19 އާއެކު ސިއްހީ ހިދުމަތް ދޭ ފަރާތްތަކަށް ސަލާމަތީ ގޮތުން ރައްކާތެރިވާން ބޭނުންވާ ސާމާނު ފުރިހަމައަށް ފޯރު ކޮށްދިނުމަށް ޑަބްލިއުއެޗްއޯ އިން ދުނިޔެއަށް ގޮވާލައިފި އެވެ.

މި ގޮތަށް އެ ޖަމްއިއްޔާ އިން ގޮވާލީ ކޮވިޑް-19 ބަލި ޖެހޭ މީހުންގެ ތެރެއިން ކޮންމެ ހަތް މީހަކުން އެކަކީ ސިއްހީ ހިދުމަތްތެރިއެއްކަން ހާމަ ކުރުމާއެކު އެވެ. ޑަބްލިޔުއެޗްއޯއިން ބުނާ ގޮތުގައި ބައެއް ގައުމުތަކުގައި އެ އަދަދު ފެންނަނީ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކީ ސިއްހީ ހިދުމަތްތެރިއެއްގެ ގޮތުގަ އެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ މުޅި ދުނިޔެއިން ކޮވިޑް-19 ޖެހިގެން ޑަބްލިއުއެޗްއޯ އަށް ރިޕޯޓްކުރާ ކޭސްތަކުގެ ތެރެއިން 14 ޕަސެންޓް ކޭހަކީ ސިއްހީ ހިދުމަތްތެރިންނެވެ. އަދި ބައެއް ގައުމުތަކުގައި ކޮވިޑް-19 ބަލިޖެހޭ މީހުންގެ 35 ޕަސެންޓަކީ ސިއްހީ ހިދުމަތްތެރިންނެވެ.

ޓެޑްރޯސް ވިދާޅުވީ ލިބިފައިވާ މައުލޫމާތައް މަދުކަމުން ބަލިޖެހޭ ސިއްހީ އެހީތެރިންނަށް ބަލި ޖެހުނީ އެމީހުން ހިދުމަތުގައި އުޅެނި ކޮށްތޯ ނުވަތަ އާއިލާއާ އެކު އުޅެނިކޮށްތޯ ވިދާލުވާން ދަތި އަދި ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ވިދާޅުވަނީ މަދު ހަފުތާތަކެއްގެ ތެރޭގައި ކޮރޯނާ ވައިރަސް އަށް ވެކްސިނެއް ލިބޭނެ ކަމަށެވެ. އެކަމަކު މިވާހަކަ އާއި އެމެރިކާ ސެންޓާ ފޮ ޑިސީސް ކޮންޓްރޯގެ ވެރިއާގެ ވާހަކައާ ދިމައެއް ނުވެ އެވެ. އަނެއްކޮޅުން ވޯލްޑެ ބޭންކުގެ ޗީފް އިކޮނޮމިސްޓް ކާމެން ރެއިންހާޓް ވިދާޅުވީ ކޮރޯނާގެ ބަލާއާފާތުގެ ސަބަބުން ދުނިޔޭގެ އިގްތިސޯދަށް ލިބޭ ގެއްލުމުން އަރައިގަންނަން އަދި ފަސް އަހަރު ނަގާނެ ކަމަށެވެ.

ކޮވިޑް-19 އިގެ މައުލޫމާތު ހާމަކުރާ ޖޯން ހޮޕްކިންސަް ޔުނިވާސިޓި އިން ބުނިގޮތުގައި މުޅި ދުނިޔެއިން މިހާތަނަށް 29.9 މިލިއަން މީހުންނަށްވުރެ ގިނަ މީހުނަށް ވަނީ ކޮރޯނާ ވައިރަސް ޖެހިފަ އެވެ.