ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕޮޒިޓިވުމުން މެސެޖެއް ނުފޮނުވާނެ: އެޗްޕީއޭ

Sep 20, 2020
2

ކޮވިޑަށް ޕޮޒިޓިވްވާ އެއްވެސް މީހަކަށް އެކަން އެސްއެމްއެސް މެދުވެރިކޮށް ނާންގާނެ ކަމަށް ހެލްތް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް އަންގަމުންދާ ކަމުގެ ޝަކުވާ ލިބުނު ނަމަވެސް އެކަން އެގޮތަށް ކުރަމުންް ނުދާ ކަމަށެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް އެކަން އަންގަމުންދާނީ ފޯން މެދުވެރިކޮށެވެ. އަދި ޕޮޒިޓިވް ވެެގެން ކަމަށް ބުނެ މެސެޖެއް އައި ނަމަވެސް އެއީ ރަނގަޅު މެސެޖެއް ނޫނެވެ.

"އެއްވެސް ބޭފުޅަކު ކޮވިޑަށް ޕޮޒިޓިވްވެގެން އެޗްޕީއޭ އަކުން މެސެޖެއް ނުކުރާނެ. އެސްއެމްއެސްއެއް ނުދާނެ ޕޮޒިޓިވްވެގެނެއް. އެ ގޮތަށް މެސެޖެއް ހިނގައްޖެއްޔާ އެއީ ރަނގަޅު މެސެޖެއް ނޫން. އަޅުގަނޑުމެން މި އޮންނަ ގޮތަކީ ކޮވިޑަށް ޕޮޒިޓިވްވެއްޖިއްޔާ އައިޖީއެމްއެޗްގެ ސީމެޓްގެ ޓީމުން އެ ފަރާތަކަށް ގުޅާފައި ޕޮޒިޓިވްވިކަން އިންފޯމް މި ކުރަނީ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑަށް ކުރާ ޓެސްޓްތަކުން ނެގެޓިވްވާ މީހުންނަށް ނަތީޖާ ނެގެޓިވްކަން އެސްއެމްއެސް މެދުވެރިކޮށް އެޗްޕީއޭއިން އަންގަމުންދެ އެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 9،600 އިން މައްޗަށް އަރާފައެވެ. އެ ބަލީގައި 33 މީހަކު މަރުވެފައިވާއިރު މިހާރުވެސް 111 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 80 ޕަސެންޓް މީހުން ވަނީ ރަނގަޅުވެފައެވެ. އެއީ 8،188 މީހުންނެވެ. މިވަގުތު ކޮވިޑުން ރަނގަޅުނުވެ ތިބީ 1،422 މީހުންނެވެ.