ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މަޑަވެލި

18 ދުވަހަށްފަހު މަޑަވެލި އާންމު ހާލަތަށް

އަށާރަ ދުވަހަށް ފަހު ގއ. މަޑަލެވި، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިން އުވާލައިފި އެވެ. އެ ރަށް މޮނިޓަރިންއިން ނަގަން އެޗްޕީއޭއިން ނިންމީ މިރޭގަ އެވެ. މަޑަލެވި މޮނިޓަރިންއަށް ގެންގޮސްފައި ވަނީ އެ ރަށާއި ކޯޒްވޭއަކުން ގުޅިފައިވާ ހޯނޑެއްދޫގެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ މިރޭ ވިދާޅުވީ މަޑަވެލި މޮނިޓަރިންއިން ނަގާ އެ ރަށަށް އަރާ ފޭބުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

އެޗްޕީއޭއިން ވަނީ މަޑަވެލިން 51 މީހެއްގެ ސާމްޕަލް ވަނީ ނަގާފަ އެވެ. މިރޭ އެ ސާމްޕަލް ތަކުގެ ނަތީޖާ ލިބިފައިވާއިރު ހުރިހާ ސާމްޕަލްތައް ވެސް ނެގެޓިވް އެވެ. ނަޒްލާ ވިދާޅުވީ މަޑަވެލީގެ މޮނިޓަރިން އުވާލީ އެ ނަތީޖާތަކަށް ބެލުމަށްފަހުގައި ކަމަށެވެ.

ގދ. ހޯނޑެއްދޫއިން 44 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އޭގެ ތެރެއިން 27 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.