ދުނިޔެ

އީރާނުން ޖަލަށްލި ވަކީލު ނިސްރީން އެޑްމިޓް ކޮށްފި

އީރާނުން ޖަލަށްލާފައިވާ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގާނޫނީ ވަކީލު ނަސްރީން ސޮޓޫޑޭގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ދަށް ވުމުން ހޮސްޕިޓްލަގައި އެޑްމިޓް ކޮށްފި ކަމަށް އޭނަ ފިރިމީހާ ރިޒާ ހަންދާން ބުނެފި އެވެ. އޭނާގެ ހާލު ދެރަވީ އެތައް ހަފުތާ އަކަށް ދިގު ދެމިގެންދިޔަ ބަނޑުހައިހޫނު ކަމުގެ ހަޅުތާލަކާއި ގުޅިގެނެވެ.

ރިޒާ ހަންދާން ފޯނުން އޭއެފްޕީއާ ވާހަކަ ދައްކަމުން ބުނީ ނަސްރީން ވަނީ ތެހެރާންގެ ޓެލެގަނީ ހޮސްޕިޓަލްގެ އިމަޖެންސީ ވޯޑަކަށް ގެންދިއުމަށް ފަހު ކުޑަ ވަގުތު ކޮޅެއްގެތެރޭގައި ހިތުގެ ބަލީގެ ޔުނިޓަކަށް ބަދަލު ކޮށްފައި ކަމަށެވެ.

ނަސްރީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އާނަގެ ހާލު ވަނީ ވަރަށް ބޮޑަށް ދެރަވެފަ އެވެ. އަދި ބަރުދަން ލުއިވުމުގެ އިތުރައް ދެ ލޯ ވަނީ އެތެރެއަށް ވަދެފަ އެވެ.

ނަސްރީންގެ ހަޅުތާލަކީ ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް ބާރު އެޅުމާއި ކޮރޯނާ ވައިރަސްގެ ބަލާއާފާތުގެ ތެރޭގައި ޖަލުގައި ތިބި މީހުން އުޅޭ ހާލު ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ކުރާ ހަޅުތާލެއް ކަމަށް ބުނެފައިވާ ނިސްރީންގެ ބަޔާނެއް އޭނާގެ ފިރި މީހާ ސޯޝަލް މީޑިއާ ގައި އޯގަސްޓް 11 ގައި ޕޯސްޓު ކޮށްފައި ވެއެވެ.

ހަންދާން ބުނި ގޮތުގައި އޭނަގެ އަންހެންހެނުންނާމެދު ވަރަށް ކަންބޮޑުވެ އެވެ. ސަބަބަކީ ހޮސްޕިޓަލް ގައި ބަލި މީހުންގެ ސަލަމަތަށް އަޅަން ޖެހޭ ފިޔަވަޅުތައް ވަނީ ނާޅަ އެވެ. ކޮވިޑް ބަލީގެ މީހުންނާއި ބަލި ނުޖެހޭ މީހުން ވަކިން ބައިތިއްބުމަށް ހަރުދަނާ ފިޔަވަޅުތައް އަޅާފައެއް ނެތެވެ. ނަސްރީންގެ އެންމެ ފަހުގެ ސްކޭނުން އާނަ ވަނީ ކޮވިޑް ބައްޔަށް ނެގެޓިވް ވެފަ އެވެ

މިހާރު އުމުރުން 57 އހަރުގެ ނަސްރީން ވަނީ 2018 ގައި ސަރުކާރާއި ދެކޮޅު މީހުނާއި ސިއްރުން ގުޅިގެން ޕްރޮޕެގެންޑާ ފަތުރާ ކަމުގެ އިލްޒާމުތައް އަޅުވައި އަހަރު 38 އަހަރަށް ޖަލައްލައި 148 އެތިފަހަރުން ތައުޒީރު ކޮށްފަ އެވެ.

ނަސްރީނަށް ޔޫރަޕިއަން ޕާލަމެންޓުން ދޭ ސަަކަރޯވް އިނާމު 2012 ގައި ދީފައި ވެއެވެ. މި އިނާމު އޭނާއަށް ލިބުނީ އިންސާނީ ހައްގުތަކާއި ގުޅޭގޮތުން އާނަ ކޮށްފައިވާ މަސްކަތާއި ހާއްސަކޮށް ކުޑަ ކުދިންގެ ގޮތުގައި ތިބެ ކުށް ކޮށް މަރުގެ ހުކްމް އިއްވާފައިވާ ކުދިން ގެ ހައްގުގައި އޭނަ ކޮށްފައިވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.