ހަބަރު

ސްނޯކްލިން އަށް ދިޔަ ޒުވާނަކު ގެއްލިގެން ހޯދަނީ

ސްނޯކްލިން އަށް ދިޔަ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މާލ ސިޓީ ވެސްޓް ޕާކް ސަރަހައްދަށް ސްނޯކްލިން އަށް ދިޔަ ޒުވާނަކު ހަބަރެއް ނުވެގެން ހޯދަމުންދާ ކަމަށެވެ. ގެއްލިގެން ހޯދަމުން ދަނީ މ. ބޮއިލިން ފިޝް، އުމުރުން 24 އަހަރުގެ ޝައްފާން ރަޝީދެވެ.

އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ މާލެ އޭރިއާ ކޯސްޓްގާޑްގެ ސްކޮޑްރަންގެ ޑައިވަރުން މިހާރު ވަނީ ފަށާފައެވެ. ސިފައިން ބުނީ ޒުވާނާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު 4.36 ގައި ކަމަށެވެެ. އެ ޒުވާނާ ސްނޯކްލިންއަށް ގޮސްފައިވަނީ މިއަދު ހެނދުނު 11 ޖަހާ އެހާކަންހާއިރު ކަމަށް މައުލޫމާތު ލިބިފަައިވެއެވެ.