ހަބަރު

އެއްގަމު އުޅަނދުގެ އަހަރީ ފީ ސްޓިކާ ދޫކުރަން ފަށައިފި

Sep 22, 2020
2

އެއްގަމު އުޅަނދުގެ އަހަރީ ފީ ސްޓިކާ ދޫކުރުން މެދުކަނޑާލުމަށް ފަހު، އަލުން ދޫކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާ އިން ބުނީ އޮންލައިންކޮށް އަހަރީ ފީ ދާއްކާ ފަރާތްތަކަށް ފީ ދެއްކުމުން ސްޓިކާ ދޫކުރުން ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައި އޮތުމަށް ފަހު، އޮންލައިންކޮށް އަހަރީ ފީ ދާއްކާ ފަރާތްތަކަށް ވެސް މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ސްޓިކާ ދޫކުރަން ފަށާފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި އެ ތާރީހުން ފެށިގެން އަހަރީ ފީ ސްޓިކާ ދޫކުރަން ހަމަޖެއްސި ނަމަވެސް ސްޓިކާ ބަދަލުގައި ރަސީދު ވެސް ފުދޭ ކަމަށް ބުނެފައިވާ "އޮންލައި ރަސީދު" ބޭނުން ކުރެވޭނެ އެވެ.

މީރާ އިން ވަނީ އުޅަނދު ފަހަރުގެ އަހަރީ ފީ އާއި ޖޫރިމަނާ ފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމެއް ހަމަޖައްސާފަ އެވެ. އެ ބަދަލާއެކު އެ އޮތޯރިޓީގެ ވެބްސައިޓާއި އެޕުން ފަސޭހަކަމާއެކު ހިދުމަތް ހޯދެ އެވެ.