ވިޔަފާރި

ރަން ފޯ މޯލްޑިވްސް: ބައިވެރިވުން އޮކްޓޫބަރު 15 އަށް

Sep 24, 2020

ޔުނިކް ސްޕޯޓިން އިން ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް ވާޗުއަލް ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އޮކްޓޫވަރު މަހުގެ 15 ގެ ނިޔަލަށް އިތުރުކޮށްފި އެވެ.

"ރަން ފޯ މޯލްޑިވްސް" ގެ ނަމުގައި ބާއްވާ މި ދުވުން މި ދުވުން ރަސްމީކޮށް ފަށާނީ ދުނިޔޭގެ ޓޫރިޒަމް ދުވަސް ކަމަށްވާ މިމަހު 26 ވަނަ ދުވަހު އެވެ. ނަމަވެސް، މި ދުވުން ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާނެ ކުރިއަށްދާނެ އެވެ. އެހެންވެ އަންނަ މަހުގެ 15 ގެ ކުރިން ރަޖިސްޓާ ވުމުގެ ފުރުސަތު އޮންނާނެ ކަމަށް ޔުނީކް ސްޕޯޓްސް އިން ބުނެ އެވެ.

ރަން މޯލްޑިވްސްގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ އަވަސް އޮންލައިން އެވެ.

މި ދުވުމަކީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އިން އެންޑޯޒްކޮށްފައިވާ އިވެންޓެކެވެ. މި އިވެންޓުގައި ރާއްޖޭގައި ހިންގާ މަޝްހޫރު ގިނަ ރިސޯޓުތަކާއި ގެސްޓްހައުސް ތަކުން ބައިވެރިވެފައި ވެއެވެ. އިވެންޓުން ހޮވޭ 20 ފަރާތަކަށް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި ލަކީޑްރޯގައި ދެ ލައްކަ ޑޮލަރުގެ އިންޝުއަރެންސް ކަވަރޭޖެއް ދޭނެ އެވެ.

މި ދުވުން ބާއްވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހިދުމަތްތެރިންގެ އަގު ވަޒަން ކުރުމުގެ އިތުރުން ޓޫރިޒަމް ހުޅުވުމާއެކު ރާއްޖެ އަންނަން މީހުންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމެވެ.

ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ދުވުމުގެ ހަތަރު ގިންތި އަށް ވެސް ނަން ދީފައި ވަނީ ރާއްޖެއާ ގުޅުވައިގެންނެވެ. ދުވުމުގެ 5.5 ކިލޯ މީޓަރަށް ކިޔަނީ "ސިޓީ ލިންކް" އެވެ. އަދި 16 ކިލޯ މީޓަރަކީ "އައްޑޫ ލިންކް" އެވެ. އަދި 21 ކިލޯ މީޓަރަކީ "ލާމު ލިންކް" އެވެ. މީގެ އިތުރުން އިތުރުން 870 ކިލޯ މީޓަރަށް ދީފައިވާ ނަމަކީ "ރާއްޖެ ލިންކް" އެވެ. މި ދުވުމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ވެސް މެޑަލް ގެއަށް ފޮނުވައިދޭނެ އެވެ. ރަން ފޯ މޯލްޑިވްސްގެ ރޭސް ޑިރެކްޓަރަކީ ރާއްޖޭގެ މަޝްހޫރު ދިގުވުވުންތެރިއެއް ކަމަށްވާ އަހުމަދު ޝަރަފު އެވެ.