ކުޅިވަރު

އައްޑޫ ޑީއެންސީގެ ފުރަތަމަ ކެޕްޓަން މަރުވެއްޖެ

ފަސްދޮޅަހުގެ އަހަރުތަކުގައި މާލެ އާއި އައްޑޫގައި ބޮޑު މަޝްހޫރު ކަމެއް ހޯދި އައްޑޫ ފޭދޫއަށް ނިސްބަތްވި ޑީއެންސީ ކުލަބުގެ ފުރތަމަ ކެޕްޓަން ހަސަން ސައީދު (މަތިކެޑެކޭ ހަސަން ބޭބެ) މަރުވެއްޖެ އެވެ.

ހަސަން މަރުވީ އިއްޔަގެ މެންދުރު ފަހު އެވެ. އުމުރުން 80 އަހަރުގައި އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހި މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ އަށް ހާޓް އެޓޭކް ޖެހުނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.

އައްޑޫ ޑީއެންސީ ކުލަބަކީ 60 އަހަރުތަކުގައި މާލޭގެ ކުލަބުތަކާ ދެކޮޅަށް ކުޅެ ކާމިޔާބު ހޯދާފައިވާ ކުލަބެކެވެ. ހަސަން ކުޅުނީ ޑިފެންޑަރަކަށެވެ.