ހަބަރު

ސިވިލް ސާވަންޓުންނަށް ތަމްރީންތައް ހޯދަން އިންޑިއާއާއެކު މަޝްވަރާކޮށްފި

Sep 28, 2020
4

ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އިތުރު ތަމްރީން ޕްރޮގްރާމްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން އިންޑިއާއާއެކު މަޝްވަރާކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ މިފަދަ މަޝްވަރާތަކެއް ކުރެވިފައިވަނީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދިރްއާ އެ ކޮމިޝަނުގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

އިތުރު ތަމްރީން ޕްރޮގްރާމްތައް ފޯރުކޮށްދިނުމުގެ އިތުރުން، ސިވިލް ސާވިސްގެ އިދާރާތަކުގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް ކުރިއަށް ގެންދިއުމުގައި ބޭނުންވާނެ ވަސީލަތްތައް ހޯދުމާ ގުޅޭގޮތުންވެސް ސަފީރާއެކު މަޝްވަރާކުރެވުނުކަމަށް ސީއެސްސީން ބުންޏެވެ.

ދިވެހި ސިވިލް ސާވަންޓުން ތަމްރީން ކުރުމަށް އިންޑިއާ އިން މީގެ ކުރިންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.