ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގދ. ތިނަދޫ

ތިނަދޫ ކޮވިޑް ފެސިލިޓީގެ މަސައްކަތް ފަށައިފި

Sep 28, 2020
1

ދެކުނުގެ ގދ. ތިނަދޫގައި ހަދާ ކޮވިޑް ފެސިލިޓީގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ބޮޑު އާބާދީއެއް އޮންނަ ތިނަދޫގައި ހަދަނީ މި މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. އެ ރަށުގައި ހަދަނީ 22 އެނދު ހިމެނޭ ކޮވިޑް ފެސިލިޓީ އެކެވެ.

އެމްޓީސީސީން ބުނީ އެ ރަށުގައި މިއަދު ފެށި އެ މަސައްކަތް އަންނަ މަހުގެ 14 ވަނަ ދުވަހަށް ނިމެނޭ ކަމަށެވެ.

ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް އަޅަން ނިންމީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް ބަލި މީހުނަށް ފަރުވާ ދޭން ފެސިލިޓީސްތައް ގާއިމް ކޮށް ހުވަދޫގެ ދެ ބުރިއައް ފުދޭ ގޮތަށް ގއ. ވިލިނގިލީގައި ހެދި ފެސިލިޓީއަށް ތިނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހަކު ގެންދިއުމުން ވިލިނގިއްޔަށް އެރުވިޔަ ނުދީ ބަޔަކު ހުއްޓިވި މައްސަލައަށް ފަހު އެވެ.