ހަބަރު

ހުކުރު ދުވަހު އެމްޑީޕީން މުޒާހަރާއަށް ނުކުންނަނީ

Oct 13, 2015

އެމްޑީޕީން އަންނަ ހުކުރު ދުވަހު އަނެއްކާވެސް މުޒާހަރާއެއް ކުރަން ނިންމައިފި އެވެ.

އެމްޑީޕީން ބުނީ އެ މުޒާހަރާ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިޔަށް ގެންދާނެ ކަމަށާއި އެއީ ސިޔާސީ ހައްޔަރީންނާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލާ އިހްތިޖާޖެއް ކަމަށެވެ.

"... ރާއްޖޭގެ އެތަކެއް ރަށްރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން އެރަށެއްގައި ތިބެގެން މުޒާހަރާ ކުރުމަށް މި މަހުގެ 16 ވާ ހުކުރުދުވަހު ގެ 16:00 ގައި ފެށިގެން ކުރިއަށްދާނެއެވެ." އެމްޑީޕީގެ ވެބްސައިޓްގައި ވެއެވެ.