އައްޑޫ ސިޓީ

ކާޅު އައްޑުއަށް ގަދަކުރާތީ ކަންބޮޑުވެއްޖެ

ކާޅެއް: އައްޑޫގައި ކާޅު ގިނަވާތީ ދަނީ ކަންބޮޑުވުން ފާޅު ކުރަމުން --
44.4%
33.3%
22.2%

އައްޑޫ ސިޓީގައި ކާޅު ގިނަވުމުގެ ސަބަބުން އެ ސިޓީގައި އުޅޭ ދޮންދީނި އާއިލާ ނެތި ދިއުމުގެ ބިރު އެބައޮތް ކަމަށް ބުނެ ސިޓީގެ ވަރަށް ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ. އެ ކަންބޮޑުވުން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ސަމާލު ކަމަަށްވެސް ވަނީ ގެންގޮސްފަ އެވެ.

ކަންބޮޑުވުން ފާޅުކުރި އައްޑޫގެ ބައެއް ރައްޔިތުން ވަނީ އައްޑޫގައި ކާޅު ގިނަވުމަކީ ދޮންދީނި އާއިލާ މުޅިން ނެތިދާނެ ކަމެއް ކަމަށް ބުނެފަ އެވެ. މިހާރުވެސް އައްޑޫގައި އުޅޭ ދޮންދީނިތަކަށް ކާޅުގެ ހަމަލާތައް އަމާޒުވެ އެތައް ދޫންޏެއް މަރުވެފައިވާ ކަމަށް ބުނެ އެވެ.

މި މައްސަލާގައި އައްޑޫ ސިޓީގެ އިސް ވެރިންނާއި އެ ސިޓީއަށް ނިސްބަތްވާ އިލްމުވެރިންނާއި އާންމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެ މައްސަލަ އަަވަހަށް ހައްލު ކޮށްދިނުމަށް ވެސް އެދިފައި ވެއެވެ.

އެ ސިޓީން ވާހަކަ ދެއްކި ބައެއް މީހުން ބުނީ މިއީ އައްޑޫގައި ކާޅު އާލާ ކުރަނީ ބަޔަކު ގަސްތުގައި ރާވައިގެން ކަމަށެވެ. އެކި ރަށްރަށުން ކާޅު ހިފައިން އައްޑޫގެ ރަށްތަކަށް ބަޔަކު ކާޅު ދޫކޮށްފައިވާ ކަމަށް ވެސް އެ މީހުން ބުނެ އެވެ. އެފަދަ މައްސަލަތައް ބެލުމަށް ވެސް އެ މީހުން ދަނީ ގޮވާލަމުންނެވެ.

"އައްޑޫ ސިޓީ ގައި ކާޅު އާލާވެ އެކަމުގެ ސަބަބުން ދޮންދީނި ތަކަށް ލިބޭ ގެއްލުން ހުއްޓުވުމަށްޓަކައި ސިފައިން ނުކުމެ ކާޅަށް ބަޑިޖަހަން އެބަ ޖެހޭ. ފާއިތުވާ ކޮންމެ ދުވަހަކީ ކާޅުގެ ނުރައްކާތެރި ހަމަލާތައް ދޮންދީނަށް އަމާޒުވާ ދުވަހެއް. ކާޅުގެ ހަމަލާތަކުން ދޮންދީނި ބިސް، ކުދި ދޮންދީނި ސަލާމަތް ކުރަން ޖެހޭ ދުވަހެއް. އައްޑޫގައި ކާޅު އާލާވެ، އައްޑޫގެ ފަހުރު ދޮންދީނި ނެތި ހިނގައިދާނެ ކަމުގެ ބިރު ބޮޑު ވަމުންދާ ދުވަހެއް. ދޮންދީނި ހިމާޔަތް ކުރަން ޖެހޭ،" އާންމުންގެ މީހަކު ފޭސްބުކްގައި ލިޔެފައި ވެއެވެ.

ދޮންދީނި: މިއީ ދެކުނަށް ހާއްސަ ދޫންޏެއް

މި މައްސަލައާއި ގުޅިގެން އައްޑޫގެ ބައެއް މެންބަރުން ވަނީ އެންވައިރަމަންޓް މިނިސްޓްރީގެ ސަމާލު ކަމަަށް ވެސް އެކަން ގެނެސްފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންގެ ސަމާލު ކަމަށް ކާޅުގެ މައްސަލަ ގެންގޮސްފައިވާ ކަމަށެވެ.

އައްޑޫގައި ދިރިއުޅޭ ދޮންދީނި
ޓްރޮޕިކަލް ކަނޑުގެ ސަރަހައްދުތަކާއި އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުޅޭ "ވައިޓް ޓާން" އަކީ ދިވެހިން ކިޔާ "ދޮންދީނި" އެވެ. އެއީ ހުދު ކުލައިގެ ކުޑަކުޑަ ރީތި ދޫންޏެކެވެ. ރާއްޖޭގައި މި ދޮންދީނި އާލާވެ ދިރިއުޅެނީ ހަމައެކަނި އައްޑު އަތޮޅުގަ އެވެ. އެކަމަކު ހުވަދު އަތޮޅު ހައޮޑިގަލާގައި ވެސް ދޮންދީނި އުޅެ އެވެ. މަސް ކައި އުޅޭ މި ދޫނީގެ ތުންގަނޑުގައި ހުންނަނީ ކަޅު ކުލައެވެ. ދޮންދީނި ނިދާ ދިރިއުޅެ ހަދަނީ ގަސް ގަހުގެ އޮފީގަ އެވެ. އަދި މިއީ އުމުރު ދިގު ދޫންޏެކެވެ. ގާތްގަނޑަކަށް 18 އަހަރު ދިރިއުޅޭކަމަށް ވެއެވެ. ރާއްޖޭގައި ދޮންދީނި ވަނީ ހިމާޔަތް ކޮށްފަ އެވެ.

"އަޅުގަނޑުމެން އެ ދެނީ މި ކަމަށް މިއަދުން މިއަދަށް ވެސް ހައްލު ލިބުން. ކޮންމެ ދުވަހަކީ އިތުރު ދޮންދީނިތަކެއް ގެއްލިގެންދާނެ ދުވަހެއް. މަޝްވަރާ ކުރަން ގިނަ ވަގުތު ހޭދަ ކުރެވޭކަށް ނެތް،" ރޮޒައިނާ ވިދާޅުވިއެވެ.

ދޮންދީނި އަކީ އައްޑޫގެ ވަރަށް ބޮޑު ފަހުރެކެވެ. ހުދު ކުލައިގެ މި ރީތި ދޫނި އުޅެނީ އައްޑޫ ސިޓީގެ ރަށްތަކާއި ހުވަދޫގެ ފަޅު ރަށެއް ކަމަށްވާ ހައޮޑިގަލާގައި އެކަންޏެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ކާޅުގެ އުނދަގޫ ބޮޑުވުމުން އެ ތަކެތި ސަރުކާރުގެ ފަރާތުން މަރާފައިވެސް ވެއެވެ. ނަމަވެސް އެއީ އެކޯސިސްޓަމްއަށް ބަދަލު އަންނަ ކަމަށް ތަޖުރިބާކާރުން ވިދާޅު ވެއެވެ. އެކަމާއި ގުޅިގެން މިފަހުން އެފަދަ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އެތިންޅިޔަނު

ވޭމަންޑޫ ކާޅު އޮޅުނުވާނެ ކަމަށް ކޮޅުމަޑުލު މީހުން ކިޔާ އުޅޭ.. މިނިސްޓަރު ހުސޭނަކީ ވޭމަންޑޫ ބޭފުޅެއް.. އަތޮޅޭމެން އެރަށު މީހުންނަށް ނިސްބަތްކޮށް ކާޅޭ ކިޔާ.. ދެން ބަލަމާދޯ ހުސޭނު ހަދާއެއްޗެއްވެސް...

ޅަކޮއެ

ބަލަ ކާޅަކީވެސް ހަމަ ދޫންޏެކޭ. ކީއްވެ ވަކި އެސޮރުމެން މަރަންވީ ކަޅުވީމަ ދޯ؟؟

ލލ

ކާޅު އެއީ ހިންދުސްތާނުން އަންނަ އެއްޗެއް ދޮންދީނި އެއީ ސީނުކަރައިން އަންނަ އެއްޗެއް !

ނުރަބޯ

ކާޅު ސަރުކާރު އައުމާ ގުޅިގެން ގައުމުވެސް މިވަނީ ނެތި ދިޔުމުގެ މަގުމަތީގައި ނޫންތޯ؟ އެކަމުގައި އައްޑޫ ރައްޔިތުންގެ ޙިއްސާވެސް އެބައޮތް ނޫންތޯ.....؟

ނަސޭހަތެއް

އައްޑޫގައި ދޮންދީނި އާލާވީ ކާޅުތަކާހުރެ ނުކުޅަދާނަވެގެން ފަންޑިތަވެރިޔަކު ކަމެއްކުރި ފަހުން ކަމަށް އައްޑުއަށް ނިސްބަތްވާ މިޒަމާނުގެ އިލްމީ ބޭފުޅަކު ވިދާޅުވި އަޑު އެހިން. އެދުވަސްވަރު އައްޑޫގައި ކާޅުއާލާވިޔަނުދީ ފައްސާ ބޭރުކުރީ ދޮންދީނި ކަމަށްވަނީ. ޒަމާނާއެކު އައްޑުއަށް ބޭރުން އެރި ކާޅުތައް އައްޑުއަށް ވެރިވާން ފެށީނޫންތޯ؟ މިކަމުންވެސް އައްޑޫ ރައްޔިތުން އިބްރަތެއް ހާސިލުކުރާނެނަމަ ވަރަށްރަނގަޅު.

އަލީއިމް

ބަލަ ގައުމު ބައެއްގެ އަތްދަށައްދާއިރު ބަލަންތިބެފައި ދޮންދީނީ ހިމާޔަތު ނުކުތީމަ ވަރައްރީތި ގައުމުގެ މިނިވަންކަން ގެއްލުނީމަ ކޮން ދޮނދީނީއެއް އިންޑިއާމީހުންނައް ހިމާޔައް ކޮއްދޭންތޯ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910