ހަބަރު

ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގެ ހުއްދަ އަލުން ދީފި

Sep 30, 2020
1

ކޮވިޑް-19 އާ ގުޅިގެން ކައުންސިލް އިދާރާތަކުގައި ހުސްކޮށް ހުރި މަގާމުތަކަށް މުވައްޒަފުން ނެގުން މަޑުޖައްސާލަން އަންގާފައި އޮތުމަށް ފަހު އަލުން އެ ހުއްދަ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ދީފި އެވެ.

ކައުންސިލްތަކުގެ އޮނިގަނޑުގައި ހުރި ހުސް މަގާމުތަކަށް މުވައްޒަފުން ނެގުމާއި އާ މަގާމުތައް އުފެއްދުން މެދުކަނޑާލުމަށް ސީއެސްސީން އަންގާފައިވަނީ މިދިއަ ފެބްރުއަރީ މަހު އެވެ.

ނަމަވެސް، އެ ކޮމިޝަނުން މިއަދު ނެރުނު ސާކިއުލެއްގައި ބުނީ މުވައްޒަފުން ނެގުމާއި އާ މަގާމު އުފެއްދުން މެދުކަނޑާލަން މިދިއަ ފެބްރުއަރީ މަހު އެންގި އެންގުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ފިނޭންސް މިނިސްޓްރީން ހޯދަންޖެހޭ ހުއްދަ ހޯދުމަށް ފަހު ކައުންސިލް އިދާރާތަކުގެ ހުސް މަގާމުތަކަށް މީހުން ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދެވޭނެ ކަމަށް ކޮމިޝަނުން އިތުރަށް ބުންޏެވެ.