ވިޔަފާރި

ދިރާގުގެ ޕްރީޕެއިޑް ޕެކޭޖް ތަކަށް ބޮޑު ބަދަލެއް

Sep 30, 2020

ދިރާގު މޮބައިލް ޕްރީޕެއިޑް ޕެކޭޖް ތަކަށް ބޮޑު ބަދަލެއް ގެނެސް "ކޮމްބޯ ޕްލޭންސް" ތައާރަފުކޮށްފި އެވެ.

ދިރާގުން މި ގެނައި ބަދަލްތައް ދައްކާލުމަށް ދިރާގުން ވަނީ ވާޗުއަލް އިވެންޓެއް ރޭ ބާއްވާފަ އެވެ. ދިރާގުން ގެނައި މި ބަދަލާއެކު ޕްރީޕެއިޑަށް ގެނައި އަޕްގްރޭޑް ތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް އެސް އެމްއެސް އާއި ޑޭޓާ އަދި ހަމަ އެންމެ ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

އެ ކުންފުނިން ބުނީ މީގެ އިތުރުން އިތުރު ހިލޭ "ޕާކްސް" ވެސް މިހާރު ދިރާގު ޕްރީޕެއިޑުން ލިބިގެން ދާނެ އެވެ. މި ހިލޭ ޕާކްސްގެ ސަބަބުން ކަސްޓަމަރުންނަށް ޗެޓް ސޯޝަލް މީޑިއާ އަދި ސްޓްރީމިން ހިދުމަތްތައް ބޭނުންކުރަން ވަކި ވަކި އެޑް-އޮންސް މިހާރު ގަންނާކަށް ނުޖެހޭނެ އެވެ. އެހެންކަމުން، އެންމެ އެކްޓިވޭޝަނަކުން ގިނަ ކަންތައްތައް ކޮށްލުމުގެ ފަސޭހަކަން މިހާރު ކަސްޓަމަރުންނަށް ލިބޭނެ އެވެ.

ދިރާގު ކޮންސިއުމާ މާކެޓް މެނޭޖަރު އައިޝަތް އިޝާނާ ވިދާޅުވި ގޮތުގައި ދިރާގުން އަބަދު ވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ލިބި ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށެވެ. އެގޮތުން، ދިރާގު ޕްރީޕެއިޑް ހިދުމަތަށް މިގެނައި ބަދަލުގެ ސަބަބުން މިހާރު ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު، އެންމެ އެކްޓިވޭޝަނަކުން ހުރިހާ ހިދުމަތެއް ލިބި ހަރަދުކުރަން ޖެހޭ މިންވަރު ވެސް ކުޑަ ވެގެންދާނެ ކަމަށެވެ.

ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު އެޕް ނުވަތަ ކީވޯޑް ޖެހުމަށްފަހު 343 އަށް އެސްއެމްއެސް ފޮނުވުމުން ވާނެ އެވެ.