ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސެޕްޓެންބަރު ފަހު ދުވަސް: ނަންބަރު މައްޗަށް ޖެހިލައިފި

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 97 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 50 މީހުނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުން ކަމަށެވެ. އަނެއް 47 މީހުންނަކީ އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވް ވެފައިވާ މީހުނެވެ. މީގެ ތެރޭގައި ގިނައީ އައްޑޫގައި ހަދާ ޕޮލިސް އެކަޑަމީގެ މަސައްކަތަށް އައި އިންޑިއާ މީހުންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 31 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ ހަ ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ އަދަދު ވަނީ 10,291 އަރާފަ އެވެ. މިއަދު ޓެސްޓް ކުރީ 1،677 ޓެސްޓެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 71 މީހުނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 9،108 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،116 މީހުންނެވެ. ކޮވިޑްގައި 34 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 80 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދާ ތިން މީހުން ހިމެނެއެވެ. އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 75 މީހަކަށް ފަރުވާދޭއިރު އޭގެ ތެރެއިން އެކަކު އައިސީޔޫގައި އަދި އެކަކު ވެންޓިލޭޓަރުގައި އެބައޮތެވެ.

އަތޮޅުތެރޭގެ 22 ރަށެއްގައި 87 މީހަކަށް ބަލިޖެހިފައި ވެއެވެ. މިހާތަނަށް އެންމެ ގިނައިން ކޮވިޑަށް މީހުން ޕޮޒިޓިވްވީ ގދ. ހޯންޑެއްދޫގައެވެ. އެ ރަށުގެ 45 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު މިވަގުތު ރަނގަޅުނުވެ ތިބީ ތިން މީހުންނެވެ. އެރަށް އަދިވެސް އޮތީ އެޗްޕީއޭގެ މޮނިޓަރިންގައެވެ. ދެން އެންމެ ގިނަ މީހުން ތިބީ ކުޅުދުއްފުށީގައެވެ. އެ ރަށުގައި ކޮވިޑް ބަލީގެ ފަސް މީހުން އެބަ ތިއްބެވެ.

އެޗްޕީއޭއިން ބުނީ 22 ރިސޯޓެއްގައި 10 ފަތުރުވެރިންނާއި 17 މުވައްޒިފުންނަށް ވެސް ބަލިޖެހިފައިވާ ކަމަށެވެ.