ވިޔަފާރި

ދިރާގު: ދިވެހިންގެ ދުރު ގާތްކޮށް ދިނުމުގައި 32 އަހަރު

Oct 1, 2020
1

މުއާސަލާތީ ހިދުމަތަކީ ގައުމުތަކުގެ ތަރައްގީގެ އެންމެ މުހިންމު އެއް ތަނބެވެ. މިއީ މިހާރު ދިރިއުޅުމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށް ހަމަ ޔަގީނުންވެސްވެފައިވާ ހިދުމަތެކެވެ. މި ޒަމާނުގައި މި ހިދުމަތާ ނުލައި އިގްތިސޯދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދުމަކީ ނުވާނެ ކަމަށް ބުނެވިދާނެ އެވެ. -- މިއަދަކީ ރާއްޖޭގެ މުއާސަލާތީ ސިނާއަތް ފަށައިދީ، ދިވެހި އިގުތިސޯދަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ބައިވެރިޔާ، ދިވެހި ރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ނުވަތަ "ދިރާގު" ގައުމީ ހިދުމަތުގައި ހޭދަކުރާތާ 32 އަހަރު ފުރުނު ދުވަހެވެ.

ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ އަދި ދުނިޔޭގެ ނިސްބަތުން މަދު މީސްކޮޅެއް ދިރިއުޅޭ ގައުމެއްކަމުގައި ވުމުން، މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގައި އަދި ވަކިން ހާއްސަކޮށް މުއާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމު ކުރުމުގައި، އެހެން ގައުމުތަކާ ހިލާފަށް ބޮޑެތި ގޮންޖެހުންތަކެއް އޮތް ގައުމެކެވެ. އަދި ހަމަ އެހެންމެ މިއީ މިކަމަށް ކުރަންޖެހޭ ހޭދަ ވެސް ނުހަނު ބޮޑު ކަމެކެވެ.

މީގެ 32 އަހަރު ކުރިން ދިރާގުން ފެށި އަގުހުރި މަސައްކަތަކީ އެއީއެވެ. އަލަށް ރާއްޖޭގައި މުއާސަލާތީ އިންފްރާސްޓަރަކްޗާތައް ބިނާކޮށް، އެ ކަމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ކޮށް، ޖަޒީރާ ރާއްޖެ ދުނިޔޭގެ ޗާޓުގައި ފަވާލާ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ ގުޅުވައިލަ ދިނެވެ.

މިހާރު މިއީ ޑިޖިޓަލް ލީޑަރެއް

ދިރާގުން ފޯރުކޮށްދޭ މި ހިދުމަތްތަކުގެ ލިސްޓްގައި ހިމެނޭ ކަންތައް ވަރަށް ދިގެވެ. އެގޮތުން، ދިރާގު އުފެދުނުތާ މާ ގިނަ އަހަރުތަކެއް ނުވަނީސް، ރާއްޖެ ފަދަ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ވަކިވަކި ޖަޒީރާ ރަށްތަކަކަށް، ޓެލެފޯނުގެ ހިދުމަތް ފޯރުކޮށްދީ، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގެ ބޮޑު މަޝްރޫއު ކުރު މުއްދަތެއްގެ ތެރޭގައި ނުހަނު ކާމިޔާބު ކަމާއެކު ދިރާގުން ނިންމާލި އެވެ.

އެތައް ސަތޭކަ ރަށެއްގެ މައްޗަށް އެކުލެވޭ ގައުމުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަން ޔަގީނެވެ. ނަމަވެސް ދިރާގުން އަލަށް، ޓެކްނޮލޮޖީގެ ވެސް ޅަފަތުގެ ދައުރުގައި މި މަސައްކަތް ކާމިޔާބުކަމާއެކު ކުރުމުކީ ތައުރީފާއި ޝުކުރު ހައްގު މަސައްކަތްތަކެވެ. މިއީ ގައުމުގެ ތަރައްގީއަށް އެޅިގެން ދިޔަ މައި އެއް ބިންގަލެވެ.

އެ މަސައްކަތް ނިމިގެންދިއުމާއެކު ރާއްޖޭގެ ހުރިހާ ކަންކޮޅެއް މުއާސަލާތީ ވިއުގައަކުން ގުޅި، އެތައް ރޮނގަކުން ކުރިއެރުންތައް ހޯދާނެ މަގު ފަހިވެގެންދިޔަ އެވެ. މީގެ އިތުރުން، ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ސަބްމެރިން ކޭބަލެއް އަޅައި، އިތުރު 1253 ކިލޯމީޓަރުގެ ސަބްމެރިން ކޭބަލް އަކުން ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅު އެންމެ ފުރަތަމަ ގުޅުވާލީ ވެސް ދިރާގުންނެވެ.

މި ކޭބަލް އެޅުމާއެކު މުއާސަލާތީ ހިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވެ، ކަސްޓަމަރުންނަށް އެތައް ހިދުމަތެއް އެ ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ. ހަމައެއާއެކު، އެ ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ އަދި 4ޖީގެ ހިދުމަތް ފުޅާކޮށްފައެވެ. މީގެ އިތުރުން އެންމެފަހުގެ ޓެކްނޮލޮޖީއާއެކު "ފައިބަ ޓު ދަ ހޯމް" އިންޓަނެޓްގެ ހިދުމަތް ވެސް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަނީ ދިރާގުންނެވެ. މި ހިދުމަތް މިހާރު އާބާދީގެ 76 ޕަސެންޓަށް ލިބެ އެވެ. ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި އައިޕީ ޓީވީގެ ހިދުމަތްވެސް ފެށީ ދިރާގުންނެވެ. މާލެއާ އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ އާބާދީގެ 74 ޕަސެންޓަށް ދިރާގު ޓީވީގެ ހިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ. މުއާސަލާތީ ރޮނގުން މުޅި އޭޝިއާ ސަރަހައްދަށް ބެލި ނަމަވެސް ރާއްޖެ އަންނަނީ ކުރިއަރާފައިވާ އެހެން ގައުމުތަކާ އެއް ސަފެއްގައި ވާދަކުރަމުންނެވެ. މިކަން ސާބިތުވާ އެއް ހެއްކަކީ މިހާރު މަދު ގައުމެއްގައި ތަޢާރަފްކޮށްފައިވާ 5ޖީ ފަދަ އެންމެ ޒަމާނީ ހިދުމަތްތައްވެސް ދިރާގުން ރާއްޖެ އަށް ފޯރުކޮށްދިނުމެވެ. އެ އިރެއްގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ދިރާގުން ދަނީ ރާއްޖެއަށް އަބަދުވެސް ފޯރުކޮށްދެމުންނެވެ.

ދިވެހިންގެ މުއާސަލާތީ ކުންފުނި

ދުނިޔޭގެ ޓެކްނޮލޮޖީ ސިނާއަތަކީ ހަލުވި ދުވެއްޔެއްގައި ބަދަލުވަމުން އަންނަ ސިނާއަތެކެވެ. ދިރާގުންވެސް ދަނީ ހަމަ އެ ހަލުވި މިނުގައި ޓެކްނޮލޮޖީ އާއި ދިރިއުޅުމަށް އަންނަ ބަދަލުތަކާ އެއް ބާރުމިނެއްގައި ކުރިއަރަމުން، ޒަމާނީ ހިދުމަތްތައް ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުމުގައި އެންމެ އިސް ސަފުގައިއެވެ. އަދި ވޭތުވެދިޔަ 32 އަހަރު ތެރޭ ގައުމަގައި ހިނގައިދިޔަ ކުދި ބޮޑު ހުރިހާ ކަމެއްގައި، އެކި ގޮތްގޮތުން ހިދުމަތް ފޯރުކޮށްދެމުން ދިޔަ މައި އެއް ކުންފުންޏަކީ ދިރާގޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ކޮވިޑް19ގެ މި ބަލިމަޑުކަމުގައި ވެސް ދިރާގުން ދައްކައިދިން ނަމޫނާ ފާހަގަކޮށްލެވެ އެވެ. މުޖުތަމައަށް ފޯރުކޮށްދިން ގިނަ ގުނަ އެހީތެރިކަމުގެ އިތުރުން، ސަރުކާރުގެ އިދާރާތަކާއި ކިޔަވާ ކުދިންނާއި އަދި ކަސްޓަމަރުންނަށް ޑޭޓާގެ ލުއި ފަސޭހަތައް ދިޔައީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، އިންޓަނެޓަށް ބާރޯސާވެފައިވާ މިންވަރާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ވަނީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނެޓްވޯކް ކޮލިޓީ ދަމަހައްޓަން އިންވެސްޓްމެންޓްތައް އިތުރުކޮށް، ޑޭޓާ އަށް އޮތް ޑިމާންޑާ އެއްވަރަށް ކަސްޓަމަރުންގެ ޚިދުމަތުގެ ތަޖުރިބާއަށް ބުރޫނާރާނެހެން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައްވެސް ކޮށްފަ އެވެ. އަދި ހަމައެހެންމެ، ދިރާގުން ދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ޚިދުމަތްތަކަށް ބަދަލު ގެނެސް، ޚިދުމަތްތައް ފަރުމާކުރަމުންނެވެ.

ދިރާގުން ދާދި ފަހުން ވަނީ އެކުންފުނީގެ ފައިބަރ ބްރޯޑްބޭންޑް ހިދުމަތަށާއި ޕްރީޕެއިޑް ޚިދުމަތައް ބޮޑެތި ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ކުޑަ ޚަރަދަކުން ގިނަ ފައިދާ ލިބޭގޮތަށް ޕެކޭޖްތަކަށްވަނީ ބަދަލު ގެނެސްފަ އެވެ. ކަންމިހެން ވުމާއެކު، ދިރާގުގެ 32 އަހަރުގެ ޙަޔާތުގައި ކަސްޓަމަރުންނާ ގާތް ގުޅުމެއް ދަމަހައްޓާ، ކަސްޓަމަރުންނާއި ދިވެހިންގެ އިތުބާރާއި ލޯބި ވަނީ އެ ކުންފުންޔަށް ލިބިފަ އެވެ. މީގެ ހެއްކަކީ ވާދަވެރިކަން އައުމުންވެސް ގިނަ ކަސްޓަމަރުން ދިރާގު އިހްތިޔާރުކޮށް ދިރާގާއެކު ދެމިތިބުމުންނެވެ. މި ކަމުން ރަމްޒުކޮށްދޭ މުހިންމު އެއްކަމަކީ، ދިރާގަކީ ކަސްޓަމަރުން އިތުބާރުކުރާ އަދި ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު މުއާސަލާތީ ކުންފުނިކަމެވެ.

ދިރާގަކީ އުފެދުނީއްސުރެ ދިވެހިންގެ ކުންފުންޏެކެވެ. 99 ޕަސެންޓް ދިވެހި މުވައްޒަފުންނާއެކު ހިންގާ މިފަދަ ކުންފުންޏެއް ރާއްޖޭގައި މަދުވާނެ އެވެ. 1988 ވަނަ އަހަރުން ފެށިގެން އެތައް ސަތޭކަ ދިވެހިންނަށް ޓެކްނޮލޮޖީގެ ދާއިރާ އިން ކުރިއެރުމުގެ މަގު ތަނަވަސްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދެމުން އަންނަ މި ކުންފުންޏަކީ ހަމަގައިމު ވެސް ކޮންމެ ދިވެއްސެއްގެ ލެއާ ގުޅިފައިވާ ދިވެހި ކުންފުންޏެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ރާއްޖޭގައި އަދިވެސް އެންމެ މަޤުބޫލު އަދި މީހުންނާ އެންމެ ގާތްކޮށް ދެކޭ އެއް ބްރޭންޑަކީ ދިރާގެވެ.


ދިރާގަކީ އުފެދުނީއްސުރެ ދިވެހިންގެ ކުންފުންޏެކެވެ. 99 ޕަސެންޓް ދިވެހި މުވައްޒަފުންނާއެކު ހިންގާ މިފަދަ ކުންފުންޏެއް ރާއްޖޭގައި މަދުވާނެ އެވެ. 1988 ވަނަ އަހަރުން ފެށިގެން އެތައް ސަތޭކަ ދިވެހިންނަށް ޓެކްނޮލޮޖީގެ ދާއިރާ އިން ކުރިއެރުމުގެ މަގު ތަނަވަސްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދެމުން އަންނަ މި ކުންފުންޏަކީ ހަމަގައިމު ވެސް ކޮންމެ ދިވެއްސެއްގެ ލެއާ ގުޅިފައިވާ ދިވެހި ކުންފުންޏެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ރާއްޖޭގައި އަދިވެސް އެންމެ މަޤުބޫލު އަދި މީހުންނާ އެންމެ ގާތްކޮށް ދެކޭ އެއް ބްރޭންޑަކީ ދިރާގެވެ.

އިޖުތިމާޢީ ރޮގުން ނަމުނާ ކުންފުންޏެއް

ދިރާގަކީ ހަމައެކަނި މުއާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ނޫނެވެ. ދިރާގަކީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން އިޖުތިމާޢީ ކަންކަމަށް އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކުންފުންޏެވެ. އެގޮތުން، ދިރާގުގެ އިޖުތިމާޢީ ޒިންމާ ނުވަތަ "ސީއެސްއާރް" ގެ ދަށުން ދަނީ ކުޑަކުދިންނާއި، ޒުވާނުން ބާރުވެރިކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމާއި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކާ ދެކޮޅަށް އެންމެ ފުރަތަމަ އަމަލީ ގޮތުން ފިޔަވަޅުއަޅައި، މުވައްޒަފުންނަށާއި އާންމުންނަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް އެންމެ ފުރަތަމަ ފެށި ކުންފުންޏަކީ ވެސް ދިރާގެވެ.

ދިރާގަކީ ދިވެހި ސަރުކާރުގެ ބޮޑު ހިއްސާއެއްވާ ދިވެހި ކުންފުންޏަކަށް ވީހިނދު، ދިރާގުގެ މާޒީގައިވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް ސަރުކާރުން މުއާޞަލާތީ ތަރައްޤީއަށް ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަދި ސަރުކާރުގެ ސިޔާސަތު ފުރިހަމަކޮށްދިނުމުގައި ގުޑުމެއްނެތި ދިރާގު ދެމިހުންނާނެކަމީ އެއްވެސް ޝައްކެތްނެތް ކަމެކެވެ. "އެންރިޗިންގ ލައިވްސް" ނުވަތަ ދިރިއުޅުންމަށް ފާގަތިކަން ގެނެސްދިނުން އެއީ ކުންފުނީގެ ތަސައްވުރަށް ވުމާއެކު، އެކަން ދިރާގުން ދަނީ ސާބިތުކޮށްދެމުންނެވެ. ދިރާގަކީ އަބަދު ވެސް ކަސްޓަމަރުންނަށް އަޅާލައި، އިތުބާރުހިފޭ، ފެންވަރު ރަނގަޅު، ފަސޭހަ އަދި މުސްތަޤްބަލާ ރައްޓެހި ހިދުމަތެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކުންފުންޏެކެވެ.