ވިޔަފާރި

ކޮޗިނުން ގެނައި ސިމެންތި އަގު ހެޔޮކޮށްފި

Oct 2, 2020
1

އިންޑިއާގެ ކޮޗިނުން ރާއްޖެއަށް ގެނައި "ރެމްކޯ" ސިމެންތި ކުޅުދުއްފުށީގައި އަގު ހެޔޮކޮށް ވިއްކަން ފަށައިފި އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި އެ ކުންފުނިން ކުޅުދުއްފުށީގައި ހިންގާ ފިހާރަ އިން "ރެމްކޯ" ސިމެންތި ބަސްތާއެއް 90ރ. އަށް ވިއްކާނެ އެވެ. އެންމެ ފުރަތަމަ މި ސިމެންތި ވިއްކީ ބަސްތާއެއް 106ރ. އަށެވެ. މި އަގުގައި މި ސިމެންތި ބަސްތާއެއް ލިބޭނީ ކުޅުދުއްފުށީ ފިހާރަ އިން އެކަންޏެވެ.

އިންޑިއާއިން ގެނެސް އެސްޓީއޯ އިން ރާއްޖޭގައި ވިއްކާ މި ސިމެންތިއަކީ އާއްމުކޮށް ރާއްޖޭގައި ވިއްކާ ސިމެންތި އެއް ނޫނެވެ. ބޭނުންކޮށް އުޅޭ ސިމެންތިއެއްވެސް ނޫނެވެ. އަދި މި ސިމެންތި ބަސްތާއެއްގެ އަގު 90ރ. އަށް ހެޔޮ ކޮށްލުމާއެކު، ދިވެހި ރައްޔިތުންނާއި ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ރާއްޖޭގައި ބަންދުކޮށް ވިއްކާ "މޯލްޑިވް ސިމެންތި" އަށް ވުރެ އަގު އިންޑިއާ ސިމަތި ހެޔޮ ވެގެންދާނެ އެވެ. ދިވެހި ސިމެންތި ބަސްތާއެއް ވިއްކަނީ 105ރ. އަށެވެ.

ރާއްޖެ އަށް އެންމެ ގިނައިން މުދާ ގެންނަ ސޫތުކުޅި ބަނދަރުގައި ހުރި މުދަލާއި ކޮޗިންގެ ބަންދަރުން މުދާ ހިފައިގެން އައި އިންޑިއާގެ މުދާ ބޯޓުގެ ފުރަތަމަ ދަތުރުގައި ގެނެސްފައި ވަނީ ދެ ކޮންޓްއިނަރުގެ މުދަލެވެ. މި ދަތުރަކީ އިންޑިއާގެ، ގައުމީ ޝިޕިން ކުންފުނި އިންޑިއާގެ ޝިޕިން ކޯޕަރޭޝަން (އެސްސީއައި) އިން ނެވެ. އަދި މި ކުންފުނީގެ ރާއްޖޭގެ އެޖެންޓަކީ ރާއްޖޭގެ ޝިޕިން ވިޔަފާރި ފުޅާ ކުރަން އުފެއްދި ކުންފުނި، ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) އެވެ. ގައުމީ ޝިޕިން ކުންފުންޏެވެ.