ދުނިޔެ

ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާލާ މުޒާހިރާ ކުރިޔަށް

މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އިޒްރޭލްގެ ބާރުތަކުން މަސައްކަތް ކުރަނީ
0%
0%
0%

ކޮރޯނާ ވައިރަސްގެ ސަބަބުން އިޒްރޭލް ލޮކްޑައުން ކޮށްފައި އޮއްވާ ހޮނިހިރު ދުވަހުން ފެށިގެން ބޮޑުވަޒީރު ބެންޖަމިން ނަތަންްޔާހޫ އާއި ދެކޮޅަށް ވަރުގަދައަށް އިޒްރޭލްގައި މުޒާހިރާތައް ކޮށް މުޒާހަރާތައް ފުޅާ،ކޮށްފި އެވެ. މުޒާހަރާތައް ވަރުގަދަ ކުރި އިރު ބޮޑުވަޒީރު ނަތަންޔާހޫ އާއި ދެކޮޅަށްކުރާ ޝުއޫރު ފާޅުކޮށް އިހްތިޖާޖުތައް ކުރިއަށްދާތާ މިއީ 15 ވަނަ ހަފުތާ އެވެ.

މުޒާހިރާތައް ކުރިއަށް ދަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ގައުމު ލޮކްޑައުން ކޮށްފައި ވަނިކޮށް އެކަމަށް އެއްވެސް ބެލުމެއް ވެސް ނެތި އެވެ.

މީގެ ތިން ދުވަސް ކުރިން ގާނޫން ހަދާ މަޖްލިހުން ގަދަ ބާރުން މުޒާހަރާތައް ކޮންޓްރޯލް ކުރަން ހަރުކަށި ގާނޫނު ތަކެއް ވެސް ފާސް ކޮށްފަ އެވެ. މިގޮތުން އެ މީހަކު އުޅޭ ގެޔާއި އެއް ކިލޯ މީޓަރު ދުރުގައި މުޒާހިރާ ކުރުމަކީ މަނާ ކަމެކެވެ.

ނަތަންޔާހޫގެ އިސްތިއުފާއަށް ގޮވާލާ މުޒާހިރާތައް ފެށުނީ އެމަނިކުފާނުގެ މައްޗައް ރިޝްވަތާއި މަކަރާއި ހީލަތުގެ އިތުރަށް އިތުބާރު ގެއްލުމުގެ ތުހުމަތުތަކާ ގުޅޭ ގޮތުންނާއި ސަރުކާރުން ކޮރޯނާ ވައިރަހާ ދެކޮޅަށް އެކަށިގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ އެވެ.

އެކަމަކު މި ތުހުމަތުތަކަށް ނަތަންޔާހޫ ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ. ވިދާޅުވަނީ ގާނޫނާއި ހިލާފު އެއްވެސް އަމަލެއް ނުކުރައްވާ ކަމަށެވެ.

އިޒްރޭލްގެ ގާނޫން އޮންނަ ގޮތުން ހިޔާނާތުގެ ތުހުމަތެއް ކުރެވުނަސް ބޮޑުވަޒީރު އިސްތިއުފާ ދެއްވަން ޖެހިވަޑައެއް ނުގަންނަވަ އެވެ. އެހެންވެ މި ދެ މައްސަލާގައި ރައްޔިތުން ރުޅިގަދަވެ މުޒާހިރާ ކުރަން ފެށީ އެވެ. މުޒާހިރާ އިންތިޒާމް ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ހޮނިހިރު ދުވަހުގެ މުޒާހަރާ ތަކުގައި އިރު އޮއްސުނު ފަހުން އެއް ލައްކަ މީހުން ވަނީ ބައިވެރިވެފައި ވެއެވެ. ފުލުންހުންނާއި އާންމުންނާއި ދެމެދު ކޮންމެވެސް ވަރަކަށް ތަޅާފޮޅުން ވެސް ހިނގާފައި ވެއެވެ. ގިނަ ނޫސްތައް ބުނާ ގޮތުގައި ފުލުހުން ވަނީ ޓެލްއަވީވް އިން 30 މީހުން ހައްޔަރު ވެސް ކޮށްފަ އެވެ.

އިއްޔެ އާއި ހަމައަށް އިޒްރޭލުގައި 264000 މީހުނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އިޒްރޭލްގެ އާބާދީ ގައި ހިމެނޭ ނުވަ މިލިއަން މީހުންގެ ތެރެއިން ކޮވިޑް ބަލީ ގައި މަރުވެފައި ވަނީ 1700 މީހުނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910