އެމްއެންޑީއެފް

ސިފައިންގެ ޝޫޓިން ރޭންޖް މިނިސްޓަރު ބައްލަވާލައްވައިފި

Oct 4, 2020

"ނައިބުގޭ ޅަތުއްތު އިންޑޯ ޝޫޓިންގ ރޭންޖު" ގެ މިއަދުގެ ފަރިތަކުރުންތައް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްލަވައިލައްވައިފި އެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ ކަޅުތުއްކަލާކޮށީގައި ކުރިއަށް ގެންދިޔަ "ނައިބުގޭ ޅަތުއްތު އިންޑޯ ޝޫޓިންގ ރޭންޖު" ގެ ފަރިތަކުރުންތައް ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ. މި ޒިޔާރަތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުން ބައިވެރިވެފައިވާ ކަމަށެވެ.

މިއީ ސިފައިންގެ ހުނަރުވެރިކަން އިތުރުކުރުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ ތަމްރީން ތަކެކެވެ.