ޓެކްސް އެޕީލް ޓްރައިބިއުނަލް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ހުޅުވާލައިފި

Oct 5, 2020

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ފުރުސަތު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލާފައިވަނީ އެ ޓްރައިބިއުނަލްގައި މިހާރު ހިމެނޭ ފަސް މެންބަރުންގެ މަގާމުގެ މުއްދަތު އަންނަ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހަށް ހަމަވާތީއެވެ.

މި މަގާމަށް ކުރިމަތިލާ މީހުންގެ ފޯމު މި މަހުގެ 12، 13 އަދި 14 ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި އޮކްޓޫބަރު މަހުގެ 12، 13، 14 ވަނަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރުފަހު 12:30 ގެ ނިޔަލަށެވެ. މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ވެސް ޑައުންލޯޑު ކުރެވޭނެއެވެ.