އެޓާނީ ޖެނެރަލް

އައު ދައުރަށް ސަރުކާރުން 28 ބިލެއް

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 28 ބިލެއް ހުށައެޅުމަށް ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މި ދައުރަށް ހުށައަޅަން ސަރުކާރުން ނިންމާފައިވާ ބިލްތަކާއި ގުޅޭ ލިސްޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ފޮނުވާފައެވެ. އޭޖީ އޮފީހުން މިރޭ ބުނީ މިއަދު ފެށުނު މަޖިލީހުގެ ތިންވަނަ ދައުރަށް 28 ބިލެއް ހުށައެޅުމަށް ނިންމާފައިވާ ކަަމަށެވެ.

ސަރުކާރުން ހުށައަޅަން ނިންމާފައިވަ ބިލްތައް

  • ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ޕޭމަންޓް ސިސްޓަމް އާއި ޕޭމަންޓް ހިދުމަތްތަކުގެ ބިލް
  • ދިވެހިރާއްޖޭގެ ކޯޓްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ހެއްކާއި ބެހޭ ބިލް
  • މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލް
  • ކާބޯތަކެއްޗާއި ބެހޭ ބިލް
  • ނޭޝަނަލް ރަޖިސްޓްރޭޝަންގެ ބިލް
  • އާންމު ދަތުރުފަތުރުގެ ބިލް
  • އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް
  • ދިރޭ ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލް
  • ތަސްނީފު ކުރުމުގެ ބިލް
  • ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިކުރުމުގެ ބިލް
  • ފޮރިން އިންވެސްޓްމަންޓްގެ ބިލް
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • އިލެކްޓްރޯނިކް މުއާމަލާތްތަކުގެ ބިލް
  • އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެެނައުމުގެ ބިލް
  • އިންސޮލްވަންސީއާ ބެހޭ ބިލް
  • އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ގާނޫނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ބިލް
  • އާއިލާއާބެހޭ ބިލް
  • ނަފްސާނީ ސިއްހަތުގެ ބިލް
  • މީހުން ސްމަގްލް ކުރުން ހުއްޓުވުމުގެ ބިލް
  • ބޯހިޔާވަހިކަަމުގެ ބިލް
  • ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލް