ރާއްޖެއިން ބޭރުގެ ނަންބަރުތަކުން އަންނަ ކާކުކަން ނޭންގޭ ކޯލްތަކަށް ޖަވާބު ނުދިނުމަށް ދިރާގުން އެދެފި އެވެ.
ވަރަށް ގިނަ ދިވެހިންނަށް މިއަދާއި މިރޭ ރަޝިޔާގެ ނަންބަރަކުން ދަނީ ގުޅަމުންނެވެ. އެކަމާއި ކަންބޮޑުވުން ފާޅުކޮށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެކަން ހިއްސާކޮށްފައިވެއެވެ.
ދިރާގުން މިރޭ ބުނީ ބައެއް ކަސްޓަމަރުންނަށް ގޮތް ނޭންގޭ ބޭރު ނަންބަރުތަކުން ފޯން ކޯލްތަކެއް ލިބެމުން އަންނަ ކަމަށެވެ. އަދި ގުޅުމަށް އެދި އެ ނަންބަރުތަކުން މެސެޖް ފޮނުވަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެ ކުންފުނިން ވަނީ އެ ކޯލްތަަކަށް ޖަވާބު ނުދިނުމަށް އަދި މެސެޖް ކުރި ނަމަވެސް ނުގުުޅުމަށް ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފައެވެ.