ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އުތުރުގެ ހަތް ރަށުގެ މޮނިޓަރިން އުވާލައިފި

ކުޅުދުއްފުށިން ފުލުހަކު ޕޮޒިޓިވްވެ މޮނިޓަރިންގެ ހާލަތަށް ގެންދިޔަ އުތުރުގެ ހަތް ރަށުގެ މޮނިޓަރިންގެ އުވާލައިފި އެވެ.

އެޗްޕީއޭގެ މޮނިޓަރިންއަށް ގެންދިޔައީ ހއ. ބާރަށާއި އެ އަތޮޅު ދިއްްދޫ އާއި ހޯރަފުށްޓާއި، ހދ އިން ކުޅުދުއްފުއްޓާއި ކުރިނބީގެ އިތުރުން ށ. އަތޮޅުން ފުނަދޫ އެވެ. ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ތަސްލީމާ މިރޭ ވިދާޅުވީ އެ ރަށްރަށް އެޗްޕީއޭގެ މޮނިޓަރިންއިން މިއަދު ހަވީރު ނަގާފައިވާ ކަމަށެވެ.

އެ ރަށްރަށުގެ މޮނިޓަރިން އުވާލީ ފުލުސް މީހާގެ ކޭސްއާ ގުޅިގެން ކޮންޓްރެޓް ޓްރޭސިންގެ މަސައްކަތް ނިމުމުންނެވެ.

ރަށެއް މޮނިޓަރިންގައިވާ ހާލަތުގައި ޒަރޫރީ ބޭނުންތަކަށް ފިޔަވާ ގެއިން ބޭރަށް ނުނުކުމެވޭނެ އެވެ. އަދި ޒަރޫރީ ބޭނުމަކަށް ނުކުންނަނަމަ މާސްކް އެޅުން މަޖުބޫރުވާނެ އެވެ. އޭގެ އިތުރުން އެ ރަށެއްގައި ހުންނަ ސުކޫލްތައް ބަންދު ކުރާނެ އެވެ.

މީގެ އިތުުރުން ކެފޭ / ރެސްޓޯރަންޓްތަކުން އެތެރޭގައި ދޭ ހިދުމަތް މެދުކަނޑާލުމަށްފަހު ޓޭކް އަވޭ އަދި ޑެލިވަރީ ކުރިއަށް ގެންދިއުމަށް ބާރު އަޅާ ކަމަށެވެ. އަދި އެ ރަށެއްގައި ޓީމު ކުޅިވަރުތައް ހުއްޓާލުމާއި މަސައްކަތުގެ މާހައުލުގައާއި ފިހާރަތަކުގައި މާސްކް އެޅުމާއެކު ތިން ފޫޓުގެ ދުރުމިން ބަހައްޓަން ޖެހެ އެވެ.