ހަބަރު

ޝިޔާމް އެމްޕީއެލްގެ ބޯޑުން ވަކިކޮށްފި

Oct 14, 2015

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑްމެންބަރު ކަމުން އަހުމަދު ޝިޔާމް (ތެމާ) އެމްޕީއެލްގެ ބޯޑުން ވަކިކޮށްފި އެވެ.

އެމްޕީއެލްގެ ޗެއާމަން އަދި ސީއީއޯ މުހައްމަދު ޖުނައިދު މިއަދު ވިދާޅުވީ ޝިޔާމް ބޯޑު މެންބަރުކަމުން ވަކި ކުރެއްވީ މިއަދު ކަމަށާއި ނަމަވެސް އޭނާ ބޯޑުން ވަކި ކުރެއްވި ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"ބޯޑުން ވަކިކޮށްފި މިއަދު. ވަކި ކުރެއްވި ސަބަބު އެނގޭ އެކަމުގައި ނިންމުން ނިންމަވާ ފަރާތައް،" ޖުނައިދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ވެސް މެންބަރު، ޝިޔާމް ބޯޑުން ވަކި ކުރިކަމަށް މީގެ ތިން ދުވަސް ކުރިން ވެސް ހަބަރުތައް ފެތުރުނެވެ. ނަމަވެސް އޭރު އެމްޕީއެލް އެއިން އެކަން ކަށަވަރކޮށްދެއްވާފައި ނުވާއިރު ޝިޔާމް އެކަން އޭރު ދޮގު ކުރެއްވި އެވެ.

އެމްޕީއެލްގެ ބޯޑުން ޝިޔާމް ވަކި ކުރި އިރު ނޭޝަނަލް ސެންޓަ ފޯދި އާޓްސް (އެންސީއޭ) މަސްއޫލިއްޔަތުތަކުން ވެސް ޝިޔާމް ވަނީ ދުރުކޮށްފަ އެވެ.