ދުނިޔެ

ކިރްގިސްތާންގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

އިސްތިއުފާ ދެއްވި ބޮޑު ވަޒީރު
0%
0%
0%

ކިރްގިސްތާންގެ ބޮޑުވަޒީރު ކުބަޓްބެކް ބޮރޮނޯފް ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ. ބޮރޮނޯފް އިސްތިއުފާ ދެއްވީ އިންތިހާބުގެ ދުވަސްވަރު ހިނގި ބޮޑެތި ހަމަނުޖެހުންތަކަށް ފަހު ސިޔާސީ މަސްރަހު ހަލަބޮލިވުމާއި ގުޅިގެންނެވެ.

އެ އިންތިހާބު ގެ ނަތީޖާ ރަސްމީކޮށް ވަނީ ބާތިލް ކޮށްފަ އެވެ. އަދި ސަރުކާރާއި ދެކޮޅަށް މުޒާހިރާ ކުރި މީހުން ޖަލުން މިނިވަންކުރި ސަޑީރު ޖަޕަރޯވް ވަނީ ބޮޑުވަޒީރު ކަމަށް އައްޔަން ކޮށްފަ އެވެ.

މިދިއަ އާދީއްތަ ދުވަހު ބޭއްވުނު އިންތިހާބު ގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވަނީ ގާނޫނު ހަދާ މަޖްލިސް ހިސޯރުކޮށްފަ އެވެ.

ރަޝިއާ އާއި ޗައިނާ އިން ވަނީ ކިރިގިސްތާން ގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިއްޔެ ގިނަ އަދަދެއްގެ ރައްޔިތުން ވެރިރައް ބިޝްކެކް އަށް އެއްވެ ރައީސް ސޫރޮންބައި ޖީންބެކޯވް ވެރިކަމުން އަޒުލް ކުރުމަށް ގޮވާލާފައި ވެއެވެ. އެމަނިކުފާނު މީގެ ކުރިން ވަނީ އިސްްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ރަޝިއާ އަށް ތާއީދު ކުރައްވާ ރައީސް ވިދާޅުވީ "ވަރުގަދަ ލީޑަރަކަށް ޒިންމާތައް ދެއްވަން ތައްޔާރައް ހުންނެވި ކަމަށެވެ." އެކަމަކު އެއީ ކޮން ބޭފުޅެއް ކަމެއް ވިދާޅުނުވެ އެވެ.

އިންތިހާބުގެ ނަތީޖާ ދެއްކި ގޮތުން ރައީސް ޖީން ބެކޮވްއަށް ތާއީދު ކުރާ ޕާޓީ ތަކުން ވަނީ އިންތިހާބުގެ ގިނަ ވޯޓު ކާމިޔާބު ކޮށްފައި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910