ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގިނަ ބަޔަކު އެކުގައި ކަރަންޓީނަށް ދާނަމަ ޓެސްޓް ކުރަނީ

ދިހަ މީހުންނަށްވުރެ ގިނައިން އެކުގައި ކަރަންޓީންވާން ޖެހޭ ހާލަތުގައި ޕީސީއާރު ޓެސްޓް ހަދަން މަޖުބޫރު ކުރަން ވިސްނަމުންދާ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫފް (ޓެގް) އިން ބުނެފި އެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ އެކި މަސައްކަތަށް މާލެއިން ރަށްރަށަށް ދާ މީހުންނާއި އެ ނޫން ބޭނުންތަކަށް ރަށްރަށައްދާ ބައެއް މީހުން ކަރަންޓީންގެ އުސޫލާއި ހިލާފުވާ ކަމަށެވެ. އެ ގޮތަށް އަމަލު ކުރުމުގެ ސަބަބުން ކޮވިޑް ފެތުރުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ.

ޝަހީދު ވިދާޅުވީ 10 މީހުންނަށްވުރެ ގިނައިން އެކުގައި ކަރަންޓީންވާން ޖެހޭ ހާލަތުގައި ޕީސީއާރު ޓެސްޓް ހަދަން މަޖުބޫރުކުރަން ވިސްނަމުންދާ ކަމަށާއި އެކަން މަޖުބޫރު ކުރަނީ ވަކިވަކިން ކަރަންޓީންގެ އިންތިޒާމް ހަމަނުޖެހޭ މީހުންނަށް ކަމަށް ވެސް ވިދާޅުވި އެވެ.

"ދިހަ މީހުންނަށްވުރެ އިތުރަށް އެކީގައި ކަރަންޓީންވާން ދާ ހާލަތުގައި އެ މީހުންނަށް ވަކިވަކިން ކަރަންޓީންގެ އިންތިޒާމް ހަމަޖައްސާ ނުދެވޭނަމަ ބައެއް ކަންކަން އެބަޖެހޭ ހަމަޖައްސަން. އޭގެ ތެރޭގައި މި ގޮތަށް ކަރަންޓީންވާން ދިއުމުގެ ކުރިން ޕީސީއާރު ޓެސްޓް ހެދުން މިހާރު ތައާރަފު ކުރަން މިވަނީ ގަސްތުކޮށްފައި. މިގޮތަށް ޓެސްޓް ހަދަން ޖެހޭނީ 72 ގަޑިއިރު ކުރިން،"

ޝަހީދު ވިދާޅުވީ ކަރަންޓީންގައި ތިބޭއިރު ގިނަ ބަޔަކު އެކުގައި އުޅެން ޖެހުނު ނަމަވެސް ވީހާވެސް ބޮޑަށް ގައިދުރުކަން އިސްކޮށް ސާފުތާހިރު ކަމަށް އިސްކަން ދީގެން އުޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.