އުމުރަކީ ހަމައެކަނި ހިސާބު އަދަދެކޭ ބުނެ އުޅެ އެވެ. އިންޑިޔާގެ ހައިދަރުއާބާދަށް އުފަން އާދިތު ވިޝްވަނާތު ގޯރިޝެޓީ ވަނީ މިއީ ތެދެއް ކަން ސާބިތުކޮށްދީފަ އެވެ. އާދިތުގެ އުމުރުން އަދި ވީ އެއް އަހަރާއި ނުވަ މަސް ދުވަހެވެ. ނަމަވެސް އޭނާގެ ހަނދާން ގަދަކަމުން މި ތުއްތު ކުއްޖާ މިހާރު ވެސް ވަނީ ދުނިޔޭގެ ރެކޯޑާ އެކު އިތުރު އެހެން ހަތަރު ރެކޯޑެއް ވެސް ހަދާފަ އެވެ. މީގެ ތެރޭގައި ތެލުގޫ ބުކް އޮފް ރެކޯޑްސް އާއި އިންޑިޔާގެ ގައުމީ ދެ ރެކޯޑެއް ހިމެނެ އެވެ.
ހައިދަރުއާބާދުގެ ތެލަންގަނާގައި ދިރިއުޅޭ މި ކުއްޖާގެ މަންމަ އިންޑިޔާގެ ނިއުސް އެޖެންސީއަކަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ އާދިތުގެ ހަނދާން ބެހެއްޓުމުގެ ގާބިލްކަމުގެ ސަބަބުން މުޅި ދުނިޔެއަށް ވެސް އޭނާ މިހާރު މަޝްހޫރު ވެފައިވާ ކަމަށެވެ. އަދި ވޯލްޑް ރެކޯޑްސް ފޮތަށް އޭނާގެ ނަން އަރާފައިވާ ކަމަށެވެ.
އާދިތުގެ އުމުރުގެ ކުދިން ނާސަރީ ރައިމްސް ކިޔަން ދަސްކޮށް އަދި މަންމަގެ ނާނާ އަޑުއަހައިގެން ނިދާއިރު އާދިތު އުޅެނީ އެކި ކުލަތައް ދަސްކުރުމާއި، ޖަނަވާރުންނާއި ދިދަ، މޭވާ، ޝޭޕްސް އަދި ގޭގައި ހިފާ ގެންގުޅޭ ތަކެތީގެ ނަންތައް ދަސްކުރުމުގަ އެވެ.
މިހާރުވެސް އޭބީސީޑީގެ އަކުރު ތަކުން ފެށިގެން ހަށިގަނޑުގެ ބައިތަކަށް ކިޔާ ނަންތަކާއި ވަލު ޖަނަވާރުންގެ ނަންތައް އަދި އެކިއެކި ޕްރޮފެޝަންތަކުގެ ނަންތައް ވެސް އާދިތު ދަސްކޮށްފައި ވެއެވެ.
"އަހަރެމެންގެ އާއިލާއިން ބޭނުމީ އާދިތުގެ މި ޔުނީކް ގާބިލްކަން ޓެސްޓްކޮށްލަން. އެހެންވެ އިންޑިޔާގެ ދިދަ އެއް ފަހަރު ދައްކާލީ. އޭގެ ފަހުން އިންޑިޔާގެ މިނިވަން ދުވަހު ޓީވީން އެ ދިދަ ފެނުމާއެކު އޭނާ އެޔަށް ސެލިއުޓް ނެގި. އެންމެ ފަހަރަކުން އޭނާއަށް އިންޑީޔާ ދިދަ ފާހަގަ ކުރެވިއްޖެ،" އާދިތުގެ މަންމަ ސްނެހީތާ ބުންޏެވެ.
"އެ ދުވަހު އަހަރެމެންނަށް ޔަގީންކުރެވުނީ އާދަޔާޚިލާފު ގާބިލްކަމެއް އާދިތުގެ ހުރިކަން. އެހެންވެ ބައެއްވަރު ދިދަތަކެއް ފަހަރަކު އެއްޗެއް ދެއްކީމަ ފަހުން އޭނާ ހަނދާނުގައި ހުރި އެއީ ކޮންކޮން ގައުމުތަކެއްގެ ދިދަތަކެއް ކަން. އާދިތުގެ އުމުރުގެ ގިނަ ކުދިންނަށް އެ ކުދިން ގެންގުޅޭ ކުޅޭ އެއްޗިއްސަށް ކިޔާ ނަން ނަން ވެސް ނޭނގޭނެ. އެކަކު އާދިތު އަށް ދައްކާ ކޮންމެ އެއްޗެއް ފަހުން އޭނާ ހަނދާނުގައި ހުރޭ.