ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިދިކޮޅު ފަރާތްތައް

އިކްރާމްގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން އިދިކޮޅުން ގޮވާލައިފި

Oct 10, 2020

ކޮވިޑް ފްރޮންޓްލައިންގެ "ރެޕިޑް ރެސްޕޮންސް ޓީމް" ގެ މެންބަރަކަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހަމަލާ ދިން ކަމަށް ބުނާ މައްސަލަ ބަލައި ފިޔަވަޅު އަޅަން އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީން މިއަދު ގޮވާލައިފި އެވެ.

އާންމު އުސޫލުން އެކަމާ ގުޅުވައި އެ ދެ ޕާޓީން ނެރުނީ ބަޔާނެކެވެ.

އޭގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އެހެން މީހުންނަށް ނަމޫނާ ދައްކަން ޖެހޭ ބައެއް ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރުކޮށް ދިނުމަކީ މަޖިލީހުގެ މެންބަރުންގެ ޒިންމާއެއް ކަމަށް ކަމަށެވެ. ދެން ބުނެފައި ވަނީ މެންބަރު އިކްރާމްގެ ފަރާތުން ފެނުނު އަމަލަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެ ދެ ޕާޓީން ފުލުހުންނަށް ގޮވާލާފައި ވަނީ އެ މައްސަލަ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅު އެޅުމަށެވެ.

ރެޕިޑް ރެސްޕޯންސް ޓީމުގެ މުވައްޒަފާއި މެންބަރު އިކުރާމާ ގުޅޭ މި މައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށް މިއަދު ހެނދުނު އެ އިދާރާއިން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން އިކްުރާމް ވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެއީ ދޮގު ވާހަކަތެއް ކަމަށާއި އެއީ ސިޔާސީ މަންފާއަށް ހެދި ދޮގެއް ކަމަށެވެ.