ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: މާލެއިން ޕޮޒިޓިވްވީ 35 މީހުން

މިދިއަ 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖެއިން 35 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދު 10,894 އިން މައްޗަށް އަރާފައި ވެއެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 35 މީހުންނަކީ ވެސް މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު އަތޮޅުތެރެއިން އެއްވެސް މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ. މިއީ މިދިޔަ ދެތިން ހަތަރު މަހުގެ ތެރޭގައި އަތޮޅުތަކުގެ ތެރެއިން މީހަކު ޕޮޒިޓިވްނުވެ ދިޔަ ފުރަތަަމަ ދުވަހެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 27 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ 8 ބިދޭސީންނެވެ. މިއަދު ޓެސްޓް ކުރީ 1،282 ޓެސްޓެވެ.

މިއަދު ކޮވިޑުން ރަނގަޅުވީ 59 މީހުނެވެ. ރާއްޖެއިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 9،742 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،110 މީހުންނެވެ. ކޮވިޑްގައި 35 މީހަކު ވަނީ މަރުވެފަ އެވެ. ކޮވިޑްގައި އެންމެ ފަހުން މީހަކު މަރުވީ މިއަދު މެންދުރު އެވެ. މިއަދު މަަރުވީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 72 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަތޮޅުތަކުން 21 ރަށެއްގައި 153 މީހަކަށް ބަލިޖެހިފައި ވެއެވެ. އެޗްޕީއޭއިން ބުނީ 20 ރިސޯޓެއްގައި 10 ފަތުރުވެރިންނާއި 16 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށެވެ.