ރާއްޖޭގެ އާބާދީ ފަސް ލައްކައިން މައްޗަށް އަރާފައިވާ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކުން ބުނެފި އެވެ.
ދުނިޔޭގެ އާބާދީ ދުވަހާއި ގުޅިގެން އެ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވަނީ އާބާދީ އަންދާޒާ 2020 ގެ މުޅި ރާއްޖޭގެ އާބާދީއަކީ 5،57،426 ކަމަށެވެ. އޭގެ ތެރެއިން 40.8 އިންސައްތަ މީހުން ދިރިއުޅެނީ މާލޭގައެވެ. އަދި މުޅި ރާއްޖޭގެ އާބާދީގެ 3.1 ޕަސެންޓް މީހުން އުޅެނީ ތިލަދުންމަތީ އުތުރުބުރީ (ހއ) ގައި ކަމަށެވެ. މާލޭގައި އެކަނިވެސް 227،486 މީހުން ދިރިއުޅޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އަތޮޅުތަކަށް ބަލާއިރު އެންމެ އާބާދީ ބޮޑީ ކ އަތޮޅުގައެވެ. ކ އަތޮޅުގެ މިހާރު އާބާދީއަކީ 41،381 އެވެ. ދެން އެންމެ އާބާދީ ބޮޑ އައްޑޫ ސިޓީގައި 26،635 މީހުން އުޅޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެންމެ އާބާދީ މަދީ ވ އަތޮޅުގައެވެ. އެ އަތޮޅުގެ އާބާދީއަކީ 2،688 އެވެ. ދެން ފ އަތޮޅާއި މ އަތޮޅެވެ.
ރާއްޖޭގެ އަތޮޅުތަކުގެ އާބާދީ
- ހއ. އަތޮޅު 17،389 މީހުން
- ހދ. އަތޮޅު 23،157 މީހުން
- ށ. އަތޮޅު 15،358 މީހުން
- ނ. އަތޮޅު 16،706 މީހުން
- ރ. އަތޮޅު 20،297 މީހުން
- ބ. އަތޮޅު 21،145 މީހުން
- ޅ. އަތޮޅު 14،3270 މީހުން
- ކ. އަތޮޅު 41،381 މީހުން
- އއ. އަތޮޅު 13،638 މީހުން
- އދ. އަތޮޅު 20،248 މީހުން
- ވ. އަތޮޅު 2،688 މީހުން
- މ. އަތޮޅު 6،747 މީހުން
- ފ. އަތޮޅު 5،941 މީހުން
- ދ. އަތޮޅު 10،635 މީހުން
- ތ. އަތޮޅު 11،496 މީހުން
- ލ. އަތޮޅު 16،805 މީހުން
- ގއ. އަތޮޅު 14،616 މީހުން
- ގދ. އަތޮޅު 15،445 މީހުން
- ޏ. އަތޮޅު 9،873 މީހުން
- އައްޑު އަތޮޅު 26،635 މީހުން