ވިޔަފާރި

ވިލާ ގޭހުގެ ކޮމްޕޯސްޓު ފުޅީގެ ޕްރޮމޯޝަނެއް ފަށައިފި

ވިލާ ގޭހުގެ ކޮމްޕޯސްޓް ފުޅީގެ ޕްރޮމޯޝަނެއް ވިލާ ހަކަތައިން ފަށައިފި އެވެ.

ވިލާ ގޭސް ކޮމްޕޯސްޓް ސިލިންޑަރަކީ ލުއިވުމުގެ އިތުރުން އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް ފުޅި ނުގޮވާ ގޮތަށް ތައްޔާރު ކޮށްފައިވާ ރައްކާތެރި ފުޅި އެކެވެ.

މިއަދު ފެށި މި ޕްރޮމޯޝަނުގައި އެ ކުންފުންޏަށް އަލަށް ރަޖިސްޓްރީވާ ގޭބީސީތަކަށް ފުޅީގެ އަގާ ނުލައި 200 ރުފިޔާ ދައްކައިގެން ގޭހާއެކު ފުޅި ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގައި އަލަށް ރެޖިސްޓްރީވާ ފަރާތްތަކަށް ލަކީ ޑްރޯއެއް ބާއްވަ އެވެ. ޑްރޯ އިން ހޮވޭ ދެ މީހުންނަށް ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދޭނެ އެވެ. ފުރަތަމަ ނަސީބުވެރިޔާ އަށް ލިބެނީ ހަތަރު މީހުންގެ ޖާގައަށް ރިސޯޓުގައި ދެ ރޭ ހޭދަ ކުރުމުވެ. ދެވަނަ ނަސީބުވެރިޔާ އަށް، ދެ މީހުންގެ ޖާގަ ލިބެ އެވެ. ނަސީބުވެރިންނަށް ރިސޯޓުގައި ހުރުމުގެ އިތުރުން، ކެއުމާއި ޓްރާންސްފާ ވެސް ދޭނެ އެވެ.

ޕްރޮމޯޝަން ކުރިއަށް ދާނީ މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށެވެ.

ޕްރޮމޯޝަނުގައި ބައިވެރިވުމަށް، ވިލާގެ [ވެބްސައިޓުން] (https://www.villagas.mv/promo) ރަޖިސްޓްރީ ވުމަށް ނޫނީ، ހޮޓްލައިން ގުޅަން ވިލާ އިން އެދެ އެވެ. ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ހަވީރު 6:00 އަށް ހޮޓްލައިނަށް ގުޅޭނެ އެވެ. އަދި ހުކުރު ދުވަހު ހޮޓްލައިނަށް ގުޅޭނީ މެންދުރުފަހު 3:00 އިން ހަވީރު 6:00 އާ ހަމައަށެވެ.

މި ޕްރޮމޯޝަން ކުރިއަށްގެން ދަނީ ލިމިޓެޑް އަދަދެއްގެ ފުޅިތަކަށެވެ. އަވަހަށް ރަޖިސްޓްރީ ކުރާ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިވެ އެވެ.