ދުންޔާ މައުމޫން

އަންހެނުންގެ ދައުރާބެހޭ ކޮންފަރެންސަށް ދުންޔާ ވަަޑައިގެންފި

Oct 15, 2015

ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރާބެހޭ ގޮތުން ބާއްވާ ކޮންފަރެންސެއްގައި ތަގުރީރު ކުރައްވަން ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ރޭ މެލޭޝިއާއަށް ފުރާވަޑައިގެންފި އެވެ.

އެކަމަނާ ތަގުރީރު ކުރައްވަނީ "އާސިއާން ކޮންފަރެންސް އޮން ވިމެން އިން ޕޮލިޓިކްސް" ގަ އެވެ. މި ކޮންފަރެންސް އޮންނާނީ އަންނަ ހޮނިހިރު ދުވަހު މެލޭޝިއާގެ ވެރިރަށް ކުއާލާލަމްޕޫރުގަ އެވެ.

ޕުޓްރާ ވޯލްޑް ޓްރޭޑް ސެންޓަރުގައި ބާއްވާ ކޮންފަރެންސްގައި ދުންޔާ ތަގުރީރު ކުރައްވާނީ ޕީޕީއެމްގެ ވިމެންސް މޫވްމެންޓްގެ ރައީސާގެ ހައިސިއްޔަތުންނެވެ. އެ ކޮންފަރެންސްގައި ދުންޔާއާއެކު ޕީޕީއެމްގެ ވިމެންސް މޫވްމެންޓްގެ ނައިބު ރައީސާ އައިޝަތު އިނާޔާވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.