ދުންޔާ މައުމޫން

ސަރުކާރުގެ ޕަޕެޓަކަށް މުއިއްޒު ނުވާނެ، ގާބިލުވާނެ: ދުންޔާ

ކުރީގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން -- އަވަސް ފޮޓޯ
66.7%
16.7%
16.7%

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލު ކެންޑިޑޭޓަކީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކަމަށް ވިދާޅުވެ މުއިއްޒުއަށް ތާއީދު ކުރައްވާކަން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ހާމަކުރައްވައިފި އެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕެއިން ދަނީ ކުރިއަށެވެ. އިންތިހާބުގައި އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވަނީ ސިޓީ ކައުންސިލްތަކަށެވެ. މާލެ ސިޓީގެ މޭޔަރު ކަމަށް ތިން ކެންޑިޑޭޓަކު ވާދަ ކުރެއެވެ. އެއީ ޕީޕީއެމްގެ ފަރާތުން ކުރީގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ފަރާތުން އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އަދި އަމިއްލަ ގޮތުން ފޭދު ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެވެ.

ކައުންސިލް އިންތިހާބުގައި މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާ ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޭޔަރު ކަމަށް ކުރިމަތިލާފަައިވާ ކެންޑިޑޭޓުންގެ ތެރެއިން މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިހުސާސްތައް އަޑުއަހާނެ ކެންޑިޑޭޓަކީ މުއިއްޒު ކަމަަށެވެ. އަދި ސަރުކާރުގެ "ޕަޕެޓް"އަކަށް މުއިއްޒު ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ މުއިއްޒު އަކީ މާލެއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ ހައްގު ހޯދާދިނުމަށް މަސައްކަތް ކުރާނެ ގާބިލް ކެންޑިޑޭޓެއް ކަމަށެވެ.

"މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއަން ޑރ. މުއީޒަކީ މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިހުސާސްތައް އަޑުއަހައި ސަރުކާރުގެ ޕަޕެޓަކަށް ނުވާނެ ކަމުގެ ޔަގީންކަން އޮތް ބޯހިޔާވަހިކަމުގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ގާބިލް ހާދިމެއް،" މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވާ ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރަދީފް

ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ ގިނަ ގަވައިދުތައް އެއީ މުއިއްޒު ކިޔަވައިގެން އައިސް ޕަބްލިކް ވޯކްސްގަ މަސައްކަތްކުރި ޒަމާނުގަ ލިޔުނު އެއްޗެހި.އޭރު ތިބުނާ އަނެއް ކެންޑިޑޭޓް އަދި އުފަން ވެސް ނުވޭ.މިބުނީ ލައްކަ ގިނަ ވާހަކަ.ގުޑް ލަކް މުއިއްޒު.ވ.ވެދުން

ޑޮން

މިނިސްޓަރސް ލިސްޓާއި ފަސްޓްލޭޑީ ލިސްޓާއި މެމްބަރުންގެ ލިސްޓަށް ފުލެޓް ބަހާކަން ދެން ފުރުސަތެއް ދެވޭކަށް ނެތެވެ

ސުރުފާ

އަސްލުވެސް މުއިއްޒު އަކައް ބޭނުންހާ ގޮތެއް ނުހެދޭނެ.މަވެސް ހިތައް އަރާ އެހެން ވާނެ ނަމައޭ

ފައިޒާ

މުއިއްޒު އަކައް ނެތޭ އެކަން ލިބޭކައް.ވަހީދު މިހާރު ހުރީ ފައި ވިއްދާފަ

މަނީޝާ

ދުންޔާ އަކައް ނުޖެހޭނެ ދޮ އެހެން ޕާޓީއެއްގެ ތެރެއައް ވަންނާކައް

ހާރިޝް137

މުއިއްޒުއަކީ ދެވަނައެއް ނެއް ބޭފުޅެއް.ތަރައްގީ އަކީ ކޮބައކަން ދަންނަ ބޭފުޅެއް

ދުޑުންޔާ

ތިޔަ މުއިއްޒު ނޫންތޯ މިދިޔަ 7 އަހަރު ތިޔަ ބޯހިޔާވަހިކަމާ ބެހޭ އެންމެމަތީ ވުޒާރާގަ އާރާބާރުގަހުރީ. އޭރު މާލޭހެ ރައްޔިތުންނަށް މަލާމާތް ކޮށްފަ ދެއިރުދެދަޅައަށް ތީވީ އަށް އާރާހެދި ހަދާންނެތުނީތަ؟އެއިރުނުކޮށްދެވުނު ކަމެއް އިދިކޮޅުގަ އާރެއބާރެއް ނެތްމީހަކަށްވާނެކަމަށް ގަބޫލުކުރާނީ ދޮޅުރޯނާއިން.

ޖުމްހޫރީ

މުއިއްޒު އަކީ ގާބިލް ހިތްތިރި ހިންހެޔޮ ބޭފުޅެއް

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910