މާލޭ ރައްޔިތުން ބޭނުންވާ ތަރައްގީއަށް ވާސިލު ވެވޭނެ ދުވަސް އަންނާނީ މާލޭ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކުރުމުން ކަމަށާއި ސިޓީ ތަރައްގީ ކުރުމުގައި ތަޖުރިބާއެއް އޮތް އަދި ރަނގަޅު ނަތީޖާއެއް އޮތް ބޭފުޅަކީ މުއިއްޒު ކަމަށް އިދިކޮޅުގެ އިންޓެރިމް ލީޑަރު އަދި ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިދިކޮޅުގެ ވަގުތީ ލީޑަރު ރޭ ވަނީ ކައުންސިލް އިންތިހާބުގެ މައްޗަށް ވާހަކަފުޅު ދައްކަވާފަ އެވެ.
އަބްދުއް ރަހީމް ވިދާޅުވީ "ތަރައްގީ ކުރުމުގެ ތަޖުރިބާއެއް އޮތީ މުއިއްޒުގެ އަތްޕުޅުގައި" ކަމަށެވެ. އަދި ތަރައްގީގެ ވިސްނުމެއް ގެންގުުޅުއް ވަނީ ވެސް މުއިއްޒުގެ ކަމަށާއި މާލެ ރައްޔިތުންގެ އަމާޒު ޔަގީން ވާނީ މުއިއްޒާއެކުގައި ކަމަށެވެ.
އޭނާ އަދި ވިދާޅުވީ މާލޭ ސިޓީއަށް ހަމަޖެހުން ގެނައުމަށާއި ތަރައްގީ ގެނައުމަށް އޮތް މުހިންމު ނިންމުމަކީ މުއިއްޒު މާލޭގެ މޭޔަރު ކަމަށް އިންތިހާބު ކުރުމާއެކު ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ޕީޕީއެމަށް ދިނުން ކަމަށާއި އެ މަންޒަރު ފެނިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ޔަގީން ކުރައްވާ ކަމަށެވެ.
މާލޭ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމުން ވާދަ ކުރެއްވުމުގެ ގޮތުން "ރައްޔިތުން އެދޭ އަމާޒަށް" މި ނަމުގައި މުއިއްޒު ގެންދަވަނީ ކެމްޕޭން ކުރައްވާ ފުޅާ ކުރައްވަމުންނެވެ.