ޑރ. މުހައްމަދު މުއިއްޒު

"މާލޭގައި ރަނގަޅުނުވެ ހުރީ ހައްލު އޮތް މައްސަލަތައް"

ޑރ. މުހައްމަދު މުއިއްޒު: މާލޭ ރައްޔިތުންގެ އަޑު އަހައި ހުރި މައްސަލަތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށް ވިދާޅުވި
0%
0%
0%

މާލޭގެ ރައްޔިތުންނަށް އިޖުތިމާއީ އެތައް މައްސަލަތަކަކާއި ކުރިމަތިވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ހައްލު ކުރެވެން ހުރި މައްސަލަތައް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒުގެ އޮންލައިން ކެމްޕެއިން ފެށުމުގެ ގޮތުން ޒޫމް މެދުވެރިކޮށް ރޭ ކުރިޔަށް ގެންދެވި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، މާލޭގެ މަގުތަކުގެ މައްސަލަތަކާއި ގެދޮރާއި ބޯހިޔާވަހިކަމުގެ މައްސަލަތަކާއި ޕާކުތަކުގެ މައްސަލަތަކާއި ސިޓީ ކައުންސިލް ހިންގުމުގައި ހުރި މައްސަލަތަކަކީ ހައްލު ފެންނަންހުރި މައްސަލަތަކެއް ކަމަށެވެ.

މާލޭގެ ކުދިކުދި އަދި ހަނި މަގުތަކުގައި އެގޮތް މިގޮތަށް ޕާކް ކުރުމުގެ ސަބަބުން އާންމުންނަށް ދަތި ވުމަކީ އާންމު މައްސަލައެއް ކަމަށް އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވީ އެ މައްސަލަތައް ހައްލު ކުރުމަކީ ބަޖެޓެއް ބޭނުންވާ ކަމެއް ނޫން ކަމަށާއި އެއީ ޕޭވްމަންޓްގެ ޑިޒައިނަށް ބަދަލެއް ގެނެސްގެން ވެސް ހައްލު ކުރެވޭނެ ކަންކަން ކަމަށެވެ.

މިހާރު ވީރާނާ ވަމުންދާ ޕާކުތައް އަލުން އާރާސްތުކޮށް ހެދުމަކީ މާ ބުރަ ކަމެއް ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މާލޭގައި މިހިރީ ވަރަށް ޒަމާންވީ މައްސަލަތަކެއް. އެކަމަށް ހައްލެއް ނުގެނެވޭ އަދިވެސް. ސިޓީ ކައުންސިލަކަށް ރައްޔިތުންގެ އަޑެއް ނީވޭ. މާލޭގެ އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަން. މި މައްސަލައަށް ކޮންމެވެސް ހައްލެއް ގެނެވުނީ ވެސް އަޅުގަނޑުމެންގެ ސަރުކާރުގައި." މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އިދިކޮޅު ފަރާތްތަކުގެ ސަރުކާރެއް އަލުން އަތުވެއްޖެ ނަމަ އެންމެ ފުރަތަމަ ހައްލު ހޯދައިދޭނީ އަލަތު ކައިވެނީގެ ފްލެޓްތަކުގެ އުންމީދު ލިބުމަށް ފަހު އެ އުންމީދު ގެއްލުނު ފަރާތްތަކަށް ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ފްލެޓް ލިބުނުކަމުގެ ޔަގީންކަން ލިބ، ނަމަވެސް މި ސަރުކާރުން އެޔަގީންކަން ގެއްލުވައިލި ފަރާތްތަކަށް ފްލެޓް ދޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މާލޭ މޭޔަރު ކަމަށް ހޮވި ވަޑައިގެންފި ނަމަ މާލޭގައި މިހުރި އާންމު މައްސަލަތަކަށް ރައްޔިތުންނާ މަޝްވަރާ ކުރައްވައި ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް މުއިއްޒު ދެއްވި އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އިއްސެބެ

ކަލޭމެން ދެން ފާޑުފާޑު އެއްޗިސް ނުކިޔާ ހުރޭ.ބަލަ ފަސްއަހަރުގެ ދއުރެއް ދިނީމަ ކޮންކަމެއް ވީ.ބްރިޖް ވެސް އެއި އަދީބުގެ ހިތްވަރު.މާ މެއްފުއްޕާފަ ވާހަކަ ދައްކާވަރު ބަެއް ނޫން ތީކީ

ނަން

މުއިއްޒު މެނަށް ތިކަން އެގެންފެށީ އެދު،މެއް ބޭނުންވީމަ ކަމުނުދަމީ. އާރާ ބާރު ރައްޔަތުންގެ ލާރި ހިތަކަށް ތަޅާލިއިރު ތިކަންތައް އެގުނުނަމަ ހުރިހާކަމެއް ހުރީހީ ވެފަ/

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910