ޓޫރިޒަމް

ބޯޑަރު ހުޅުވިފަހުން ފުރަތަމަ ފެއާގައި ބައިވެރިވެއްޖެ

އިޓަލީގައި ރާއްޖެ އިޝްތިހާރު ކުރަން "ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް" ފެއާ ގައި އެމްއެމްޕީއާރްސީން ބައިވެރިވެއްޖެ އެވެ.

މިއީ ބޯޑަރު އަލުން ހުޅުވާލުމަށް ފަހު ރާއްޖޭ ތަމްސީލް ކުރުމުގެ ގޮތުން ބައިވެރިވި ފުރަތަމަ ފެއާ އެވެ.

ބައިގަންނަ ފެންވަރުގައި ރާއްޖެ ޕްރޮމޯޓް ނުކުރެވޭ އެމްއެމްޕީއާރްސީން ބުނީ، 14 އިން 16 އަށް ކުރިއަށްގެންދާ މި ފެއާގައި، ރާއްޖޭގެ ރީތިކަން ފުރިހަމައަށް ދައްކާލެވޭނެ ކަމަށެވެ. އެގޮތުން، 32 އަކަފޫޓުގެ ސްޓޭންޑެއް ފަރުމާ ކޮށްފައިވާއިރު އެ ސްޓޭންޑަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ގޮތަށް ހަދާފައިވާ ސްޓޭންޑަކަށް ވާނެ ކަމަށް ބުންޏެވެ.

އެ ފެއާގައި ބައިވެރިވީ އެއީ އިޓަލީގައި ސީދާ ފަތުރުވެރިކަމުގެ ސިނާއަތަށް އަމާޒު ކޮށްގެން ބާއަވާ އެންމެ މުހިންމު ފެއާއަށް ވާތީ އެވެ. އަދި މިއީ އިޓަލީގައި ރާއްޖެ އިޝްތިހާރުކޮށް، ވިޔަފާރި އިތުރަށް ފުޅާކުރަން ލިބޭ ފުރުސަތަކަށް ވާތީ ކަމަށް އެމްއެމްޕީއާރްސީން ބުނެފައި ވެއެވެ.