ހަބަރު

އިޓަލީގައި ރާއްޖެ އިސްތިހާރުކުރާ ހަރަކާތެއް ފަށައިފި

އިޓަލީގައި ރާއްޖެ އިސްތިހާރު ކުރުމަށް ރެޕް ކޮށްފައިވާ ޓްރޭމް: -- ފޮޓޯ: އެމްއެމްޕީއާރުސީ
0%
0%
0%

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އިޓަލީގައި ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތްތަކެއް ފަށައިފި އެވެ.

މި ކެމްޕޭނުގައި ރާއްޖެއަކީ ޗުއްޓީ ހޭދަ ކުރުމަށް އިޓަލީގެ ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރާނެ އެވެ. އިޓަލީ މާކެޓަށް އަމާޒުކޮށް ފެށި މި ކެމްޕެއިންގެ ދަށުން އިޓަލީގެ އެންމެ ބޮޑު 10 އެއާޕޯޓެއްގައި ބަހައްޓާފައިވާ 300 އަށް ވުރެން ގިނަ ސްކްރީންތަކުގައި ރާއްޖޭގެ މަންޒަރުތައް ދައްކާނެ އެވެ.

އަދި އިޓަލީއިން ރާއްޖެ އެންމެ ގިނަ ފަތުރުވެރިން ގެންނަ އަލްޕިޓުއާގެ ދަށުން ހިންގާ 2000 އޮފީހެއްގެ ބޭރުގައި ވެސް، ރާއްޖޭގެ މަންޒަރުތަކުގެ އިޝްތިހާރު ޖަހާނެ އެވެ.

މި ކެމްޕެއިންގައި އިޓަލީގެ މިލާންގައި ދަތުރުކުރާ ޓްރޭމްއެއް ރެޕްކޮށްފައި ވެއެވެ. ޓްރޭމްގައި ޖަހާފައިވާ އިޝްތިހާރުތަކަކީ ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާކުރެވޭނެ އެންމެ ތަފާތު ކަންކަމެވެ. ތިން މަސް ދުވަހުގެ މުއްދަތަކަށް ރެޕްކުރި އެ ޓްރޭމް އަކީ މިލާންގައި ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ސަރަހައްދުތަކުގައި ދަތުރުކުރާ ޓްރޭމެވެ.

އެމްއެމްޕީއާރުސީން ބުނީ، އިޓަލީ މާކެޓްގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރަން މި އަހަރުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށާއި ޕްރޮމޯޓް ކުރުމަށް އެމްއެމްޕީއާރްސީން ހިންގާ ހަރަކާތްތަކުގައި ކުރިން ރާއްޖޭގެ މީޑިއާ ވަރަށް ބޮޑަށް ބައިވެރި ކުރެއެވެ. ނަމަވެސް މިހާރު އެ ފުރުސަތެއް ނުދެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910