ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޕީޖީ މާފަށް އެދިވަޑައިގެންފި

ވަގުތުން ދުރަށް ފޮނުވަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ރޭޕްގެ ޝިކާރަައަކަށްވި ކުއްޖެއްގެ ނަން ހާމަކުރެވިފައިވާތީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މާފަށް އެދެފި އެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ޕަބްލިކް ޕްރޮސެކިއުޓަރަކު ވަނީ ރޭޕްގެ ޝިކާރަައަކަށްވި ކުއްޖެއްގެ ނަން ހާމަކޮށް ވާހަކަ ދައްކާފައެވެ. އޭރު އެ ކޮމެޓީގެ އޯޑިއޯ ދިޔައީ ވަގުތުން ދުރަށް ފޮނުވަމުންނެވެ.

އެކަމާއި ގުޅިގެން ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވަނީ މާފަށް އެދިވަޑައިގެެންފައެވެ. އަދި ވިދާޅުވީ އެފަދަ ކަމެއް ދެން ތަކުރާރު ނުވާނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ އިއްޔެ އޮތް ކޮމެޓީގައި ޕަބްލިކް ޕްރޮސެކިއުޓަރު އެ ވާހަކަތައް ދެއްކެވިއިރު އެއީ ވަގުތުން ދުރަށް ފޮނުވަމުންދިޔަ ބައްދަލްވުމެއްކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ. ކޮމެޓީތަކަށް ހާޒިރުކުރާ އިދާރާތަކުން ސިއްރު މައުލޫމާތު ހާމަކުރާނަމަ އެ ކޮމެޓީއެއް ނޫސްވެރިންނަށް ސިއްރު ކުރެއެވެ.