ހަބަރު

ފަރުވާއަށް ރައީސް ނަޝީދު އޭޑީކޭއަށް ގެނެސްފި

Oct 15, 2015

ފާރުވާ ހޯއްދެވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އޭޑީކޭ ހޮސްޕިޓަލަށް ހާޒިރުކޮށްފި އެވެ.

މިއަދު މެންދުރު ކަރެކްޝަނުން ނަޝީދު އޭޑީކޭ އަށް ގެނައިނަމަވެސް ކޮން ކަމަކަށް ފަރުވާ ދޭން ކަމަކަށް ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް މިއަދު ގެނައީ އެމަނިކުފާނުގެ އެމްއާރްއައި ސްކޭނެއް ހަދައިދިނުމަށް ކަރެކްޝަންގަ އާއި ހޯމް މިނިސްޓަރު އުމަރު ނަސީރު އަރިހުގައި އެދިވަޑައިގެންފައި ވަނިކޮށެވެ.

ފަރުވާއަށް މިއަދު އޭޑީކޭއަށް ނަޝީދު ގެނައިރު މެންދުރުފަހު 1:00 ޖަހާއިރު ސިވިލް ކޯޓަށް ވެސް ހާޒިރު ކުރާނެ އެވެ.