ރައީސް މުހައްމަދު ނަޝީދު

އިންޑިއާ ރާއްޖޭގެ ގުޅުމަށް ފާޑުކިޔާތީ ނަޝީދުގެ ރައްދެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
0%
0%
0%

އިންޑިއާ އާއި އެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރާތީ އެކަމަށް ފާޑުކިޔާ މީހުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައްދުދެއްވައިފި އެވެ.

ރައީސް ނަޝީދު އިންޑިއާ-ރާއްޖެ ގުޅުމާ ގުޅޭގޮތުން ވާހަކަދައްކަވާފައި މިވަނީ ރައީސް މުއިއްޒުގެ ސަރުކާރުގެ ކުރީކޮޅު އިންޑިއާ އާއި އެކު އޮތް ގުޅުން ގޯސްވެފައި އެ ގުޅުން މިހާރު ބަދަހިކުރަމުންދާތީ އެކަން ފާހަގަކުރައްވާ އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް މަލާމާތް ކުރައްވާ ދެއްކެވި ވާހަކައެއް ހިމެނޭ ވީޑިއޯއެއް އެކްސްގައި ހިއްސާކުރައްވަމުން ކުރެއްވި ޕޯސްޓެއް ގައެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ބަދަހި ގުޅުމަކަށް އެދޭ ފަރާތްތަކުން ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލަށް މަރުހަބާ ކިޔުމުގެ ބަދަލުގައި ކުރިން ކަންވެފައި އޮތް ގޮތް ފާހަގަކޮށް ސަރުކާރަށް މަލާމަތްކުރުމުން ދޭހަވަނީ އިންޑިއާ އާއި ރާއްޖޭގެ ބަދަހި ގުޅުމަކަށް އެ ބޭފުޅުން ނޭދޭ މިންވަރު ކަމަށެވެ.

"ބޭނުންވަނީ ސިޔާސީ ޕޮއިންޓް ހޯދުން. އުސޫލުގައި ނުހިފެހެއްޓޭކަން،" ޝާހިދަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުމާ ގުޅޭގޮތުން ނަޝީދު ވާހަކަދައްކަވާފައި މިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ވަގުތެއްގައެވެ.

ޖައިޝަންކަރު މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910