އިންޑިއާ

އިންޑިއާގެ އާ ސަފީރު ފަތްކޮޅު އަރުވައިފި

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ގަންގަދަރަން ބާލާސުބްރަމާނިއަން ސަފީރުކަމުގެ ފަތްކޮޅު އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ގަންގަދަރަން ބާލާސުބްރަމާނިއަން ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ފަތްކޮޅު އެރުވުމަށްފަހު އިންޑިއާގެ އާ ސަފީރާ ރައީސް މުއިއްޒު ބައްދަލުކުރައްވާ ވަނީ މަރުހަބާ ދަންނަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު އާއި ސަފީރު ވަނީ ދެ ގައުމުގެ މެދުގައި ބަދަހިވަމުންދާ އެއްބާރުލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

އިންޑިއާ ސަރުކާރުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާއި އެކި ދާއިރާތަކުން އިންޑިއާއިން ކުރަމުން އަންނަ އިންވެސްޓްމެންޓްތަކާ ގުޅޭ ގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު އާއި ސަފީރު މަޝްވަރާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު އާއި ސަފީރު ދެއްވި އެވެ.

ބާލާސުބްރަމާނިއަން އަކީ 1998 ވަނަ އަހަރުން ފެށިގެން ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން އޭނާ މީގެކުރިން ވަނީ ތައިލެންޑް އަދި ރަޝިއާގައި ހުންނަ އިންޑިއަން މިޝަންގެ ޑެޕިއުޓީ ޗީފްގެ މަގާމު ވެސް ފުރުއްވާފަ އެވެ. އޭނާ ވަނީ އިންޑިއާ އިން ނައިޖީރިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާ ސަފީރުކަމުގެ މަގާމުގައި މީގެ ކުރިން ހުންނެވީ މުނޫ މަހާވަރު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910