ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ކޮވިޑްގެ ބަލި މީހަކާ ރޫނީގެ ބައްދަލުކުރި މައްސަލަ

ޑާބީ ކައުންޓީގެ ފޯވަޑް ވޭން ރޫނީ، ކޮވިޑް އަލާމަތްތައް ހުރި މިހާކަ ބައްދަލު ކުރި މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

ރޫނީގެ ރައްޓެއްސެއް ކަމަށްވާ ޖޯޝް ބާޑްސްލީ ވަނީ މިދިޔަ ބުރާސްފަތި ދުވަހު، ރޫނީގެ ގެއަށް ގޮސް އޭނާއަށް ގަޑިއެއް ހަވާލު ކޮށްފަ އެވެ. ބާޑްސްލީ ޕޮޒިޓިވްވިކަން ނޭނގި ރޫނީ ވަނީ ވަޓްފޯޑް އާ ދެކޮޅަށް ޗެމްޕިއަންޝިޕްގައި ޑާބީ ކުޅުނު މެޗުގައި ފުލުކޮށް ކުޅެފަ އެވެ.

އިނގިރޭސި ސަރުކާރުގެ ކޮވިޑް ޕްރޮޓޮކޯލްގައި ބުނެފައި ވަނީ، ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހަކާ ކޮންޓެކްކްޓް ވެފައިވާ މީހަކު 14 ދުވަސް ވަންދެން ކަރަންޓީން ވާން ޖެހޭނެ ކަމަށެވެ.

ރޫނީގެ މެނޭޖުމެންޓް ޓީމުން ބުނީ، ބާޑްސްލީ ރޫނީގެ ގެއަށް ޒިޔާރްތް ކުރިއިރު އޭނާގެ ކިބައިގައި އަލާމަތްތައް ހުރިކަން ރޫނީއަށް ނޭނގޭ ކަމަށެވެ. އެކަން އެނގުނީ މިދިޔަ ހޮނިހިރު ދުވަހު މީޑިއާ އިންން ކަމަށެވެ.

"ޖޯޝްގެ ކިބައިގައި އެފަދަ އެއްވެސް އަލާމަތެއް ނުވަތަ ކޮވިޑް ޖެހުނު އެއްވެސް މިހަކާ ޖޯޝް އާ ކޮންޓެކްޓް ވެފައިވާކަން އެނގުނު ނަމަވެސް ރޫނީ ޖޯސް އާ ބައްދަލު ނުކުރާނެ." ރޫނީގެ މެނޭޖުމެންޓް ޓީމުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ ރޫނީ ކޮވިޑްގެ ޓެސްޓް މިހާރު ހައްދާފައިވާ ކަމަށެވެ.