ހަބަރު

ރާއްޖޭގައިއުޅޭ ބަންގުލަދޭޝް މީހުންގެ ހާލަތާބެހޭ ގޮތުން އެޗްއާރްސީއެމުން މަޝްވަރާކޮށްފި

Oct 15, 2015

ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ މީހުންގެ ދިރިއުޅުމުގެ ހަލާތާ ބެހޭ ގޮތުން ބަންގްލާދޭޝްގެ ހައި ކޮމިޝަނާ ރިއާ އެޑްމިރަލް ކާޒީ ސަރްވާރް ހުސައިން އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެމްބަރުން މިއަދު މަޝްވަރާކޮށްފި އެވެ.

އެޗްއާރްސީއެމުން ބުނީ މިއީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ދިރިއުޅުމުގެ ހާލަތާއި ބެހޭގޮތުންނާއި އެމީހުންގެ އިންސާނީ ހައްގުތައް ކުރިއަރުވާ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެކުގައި ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އަދި އެޗްއާރްސީއެމް އާ ދައުރަކަށް އިންތިހާބ ވުމާގުޅިގެން ކޮމިޝަންގެ މެމްބަރުން ތައާރަފް ވުމުގެ ގޮތުންނާއި ބަންގްލަދޭޝް ހައި ކޮމިޝަންގައި ބޭއްވި ބައްދަލުވުމެއް ކަމަށެވެ.