ހަބަރު

ދެ މެނޭޖަރަކާމެދު ހިތްހަމަ ނުޖެހިގެން ފިލިތެޔޮ ރިސޯޓުގެ މުޒާހަރާ ކުރަނީ

Nov 11, 2020
4
ފިލިތެޔޮ ރިސޯޓުގެ މުވައްޒަފުން މިއަދު މުޒާހަރާ ކުރަނީ
0%
0%
0%

ފިލިތެޔޮ ރިސޯޓުގެ ދެ މެނޭޖަރަކާ މެދު ހިތްހަމަ ނުޖެހިގެން، އެ ރިސޯޓުގެ ބައެއް މުވައްޒަފުން މުޒާހަރާ ކުރަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ތްރީއޭ ކުންފުނިން ހިންގާ ފިލިތެޔޮ ރިސޯޓުގެ މުވައްޒަފުން މުޒާހަރާ ކުރަމުން ދަނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކާމެދު ހިތްހަމަ ނުޖެހިގެންނެވެ. ދެ މެނޭޖަރުންނާ އެ މީހުން މެދު ހިތްހަމަ ނުޖެހިގެން އުޅެނީ އެ މީހުން އަމަލުތައް ހުރި ގޮތުން ކަމަށް އެނގިފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ފިލިތެޔޮ ރިސޯޓުގެ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ނުދީ އެބަހުއްޓެވެ.

އަވަސް އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މުޒާހަރާ ކުރަމުންދާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބޭރު މީހުން ވެސް ހިމެނެ އެވެ.

ފިލިތެޔޮ ރިސޯޓުގެ މުވައްޒަފުން މިއަދު މުޒާހަރާ ކުރަނީ

ފިލިތެޔޮ ރިސޯޓުގެ މުވައްޒަފުން މުޒާހަރާ ކުރަމުންދާ މައްސަލާގައި ތްރީއޭ ކުންފުނީގެ ސީނިއަ އޮފިޝަލަކު އަވަސް އަށް ވިދާޅުވި ގޮތުގައި އެ ރިސޯޓުގައި މުޒާހަރާ ކުރަމުންދާ މައްސަލަ މެނޭޖުމަންޓުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާ، އެކަން ބަލަމުންދާ ކަމަށެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345