ޓޫރިޒަމް

ރިސޯޓު ހިއްސާ ބަދަލުކުރަން ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ހޯދާކަށް ނުޖެހޭނެ

ޓޫރިސްޓް ރިސޯޓެއް. ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ނެތި ހިއްސާ ބަދަލު ކުރެވޭ ގޮތަށް ގަވާއިދު ވަނީ އިސްލާހުކޮށްފަ
0%
0%
0%

ޓޫރިސްޓް ރިސޯޓް ހިންގާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ހޯދަން ނުޖެހޭ ގޮތް ހަދައިފި އެވެ.

މި ބަދަލު އައީ ޓޫރިސްޓް ރިސޯޓުތަކާ ގުޅޭ ހައްގުތައް ބަދަލުކުރުމާ ބެހޭ ގަވާއިދަށް ގެނައި އިސްލާހާއެކު އެވެ.

ގަވާއިދުގައިވާ ހިއްސާ ބަދަލުކުރުމާ ބެހޭ ދެ މާއްދާ އުވާލުމަށްފަހު މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ.

ގަވާއިދުގައި ކުރިން އޮތް ގޮތުން ޓޫރިސްޓް ރިސޯޓެއް ހެދުމަށް ރަށެއް ނުވަތަ ބިމެއް ކުއްޔަށް ހިފާފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލުކުރާނަމަ އެކަމަށްޓަކައި ޓޫރިޒަމް މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދަންޖެހެ އެވެ. ނަމަވެސް އެ މާއްދާ މިހާރު ވަނީ އުވާލާފަ އެވެ.

ހިއްސާ ބަދަލުކުރުމަށް ފޯމެއް ހުށަހަޅަންޖެހޭއިރު ހިއްސާ ބަދަލުކުރުމަށް ކުންފުނިން ފާސްކޮށްފައިވާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ރެޒޮލިއުޝަންވެސް ހުށަހަޅަންޖެހޭ ގޮތަށް އޮތް އޮތުންވެސް ވަނީ އުވާލާފަ އެވެ.

މީގެއިތުރުން ހިއްސާ ބަދަލުކުރުމަށްފަހު އެ ބަދަލު ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށް، ހިއްސާ ބަދަލުވިކަން ރަޖިސްޓަރީ ކުރިކަމުގެ ލިޔުމުގެ ކޮޕީއެއްވެސް ޓޫރިޒަމް މިނިސްޓްރީއަށް މިހާރު ހުށަހަޅާކަށް ނުޖެހޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345