ތިލަމާލެ ބްރިޖް

ތިލަމާލެ ބްރިޖު މަޝްރޫއު އަށް ހިޔާލު ހޯދަނީ

މާލެ، ވިލިނގިލި އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖް މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދުމަށް ނިންމައިފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ތިލަމާލެ ބްރިޖް މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދުމަށް ބައްދަލްވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެ ބައްދަލްވުން ކުރިއަށް ގެންދަން ނިންމާފައިވަނީ އޮންލައިންކޮށް ޒޫމް ބައްދަލްވުމެއްގެ ގޮތުގައެވެ. އެ މިނިސްޓްރީން ވަނީ އެ ބައްދަލްވުމުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ރަޖިސްްްޓްރީވުމަށް ހުޅުވާލާފައެވެ.

ބައްދަލްވުން އޮތީ މި މަހުގެ 26 ވަނަ ދުވަހުގެ ހަވީރެވެ.

މާލެ އާއި ތިލަފުށި އަދި ވިލިމާލެ ގުޅިގެންދާ ގޮތަށް ބްރިޖް އެޅުމުގެ ގޮތުން ސާވޭގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏަކަށް 15 މިލިއަން ޑޮލަރަށެވެ. ނެދަލޭންޑުގެ ފުގްރޯ ކުންފުނިން މި މަސައްކަތުގެ ދަށުން ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފުމުފެ މަސައްކަތް ދަނީ ކުރަމުންނެވެ.

ގާތްގަނޑަކަށް 6.695 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާ ކުންފުންޏަކާ އެވެ. އެގޮތުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ ތިން ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުން ރާއްޖޭގެ އިގުތިސޯދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.